logoEN
ކޮކާކޯލާ
ދާންދޫ އައުޓްޑޯ ޖިމާއި ވޮލީ ކޯޓް ރަސްމީކޮށް ހުޅުވައިފި

ދާންދޫ އައުޓްޑޯ ޖިމާއި ވޮލީ ކޯޓް ރަސްމީކޮށް ހުޅުވައިފި

# ގއ.ދާންދޫ# ޔޫތު މިނިސްޓަރ

FeFsEwfaUAAXByp

ގއ. ދާންދޫގައި ސަރުކާރުން ތަރައްޤީކޮށްފައި އައުޓްޑޯ ޖިމާއި، އައުޓްޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފި އެވެ.

އަބުޅޯ

ރޭ ދާންދޫގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ދާންދޫގެ ވޮލީ ކޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހްލޫފު އެވެ. މި ރަސްމިއްޔާތުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ވޮލީކޯޓު ރަސްމީކޮށް ހުޅުއްވުމަށްފަހު ރޭ ވަނީ ހާއްސަ ވޮލީ މެޗެއްވެސް ކުޅެފައެވެ. މި މެޗުގައި މިނިސްޓްރ މަހުލޫފް އާއި މެމްބަރު ޔައުގޫބްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓަރު މަޚްލޫފް ވިދާޅުވީ މިހާރު ޖުމުލަ 12 އައުޓް ޑޯ ވޮލީ ކޯޓުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. މީގެ އިތުރުން މިހާރު ވެސް 38 ރަށުގެ ވޮލީ ކޯޓު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

undefined

ވޮލީކޯޓު ހުޅުވުމަށް ފަހު، އެރަށުގައި ގާއިމްކޮށްފައިވާ އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވާފައިވަނީ މިއަދު ހެނދުނު އެވެ. މިއަދު ހެނދުނު ދާންދޫގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ދާންދޫގެ އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހްލޫފު އެވެ.

ދާންދޫގައި އައުޓްޑޯ ޖިމެއް ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިއީ އިންޑިޔާ ސަރުކާރުގެ ހިލޭ އެެހީގެ ދަށުން ދާންދޫގައި ގާއިމްކޮށްފައިވާ ޖިމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ