logoEN
cocacola
ތަރައްޤީގެ މަޝްރޫއުތަކަށް ޤުދުރަތީ ދިރުންތައް ނައްތާލުން ނޫންގޮތެއް ހޯއްދަވާ - ނަޝީދު

ތަރައްޤީގެ މަޝްރޫއުތަކަށް ޤުދުރަތީ ދިރުންތައް ނައްތާލުން ނޫންގޮތެއް ހޯއްދަވާ - ނަޝީދު

އައިޝަތު އިފާޝާ

logo

10/2/2022, 10:46:04 PM

# މުހައްމަދު ނަޝީދު

Nasheed

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޤުދުރަތީ ދިރުންތައް ނައްތާލުން ނޫން ގޮތެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސް ނަޝީދު މިހެން ވިދާޅުވީ، މާލޭގެ އަމީނީމަގު ތަރައްގީކުރުމަށް އެމަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ އެކަން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދަންނަވަނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ޤުދުރަތީ ދިރުންތަކުގެ މަތިން ހަނދުމަފުޅު ކުރެއްވުމަށް ކަމަށެވެ.

އެގޮތުން ގަސްގަހާގި، މަސްމަހާމެހި، ދޫނި ސޫފާ ސޫފި ފަދަ މި ކައުނުގައިވާ ދިރުންތައް ނައްތާލެއްވުމުގެ ކުރިން ދެވަނަ ވިސްނުމެއް ނެރުއްވާ އެހެން ގޮތެއް ހޯއްދެވުމަށް ކަމަށެވެ.

އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތަށް އެމަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާ މައްސަލަ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

އެކަމާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު އެމަސައްކަތް ކުރަމުންދާ އާރްޑީސީއިން ވަނީ ގަސްތައް ކެނޑި ނަމަވެސް އަލުން ގަސްތައް އިންދާނެ ކަމަށް ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ