logoEN
cocacola
ބޭސްއެޅުމާއި އިންޖެކްޝަން ޖެހުން އައު އޯޕީޑީ އިމާރާތަށް

ބޭސްއެޅުމާއި އިންޖެކްޝަން ޖެހުން އައު އޯޕީޑީ އިމާރާތަށް

# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

_AMN1497

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދޭ ބޭސްއެޅުމުގެ ހިދުމަތާއި އިންޖެކްޝަން ޖެހުމުގެ ހިދުމަތް އައު އޯޕީޑީ އިމާރާތަށް ބަދަލުކޮށްފި އެވެ.

ގޮސިޔާ

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތައް އައު އިމާރާތަކަށް ބަދަލުކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. ބޭސް އެޅުމާއި އިންޖެކްޝަން ޖެހުމުގެ އިތުރުން ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް އެ ހޮސްޕިޓަލުން ދެން ދެމުން ގެންދާނީ ހޮސްޕިޓަލުގެ ދެކުނުގައި އަލަށް ގާއިމްކޮށްފައިވާ އޯޕީޑީ އިމާރާތުންނެވެ.

އެ ހޮސްޕިޓަލުންދޭ އަވަސްފަރުވާގެ ހިދުމަތްވެސް އެހެން އިމާރާތަކަށް ވަނީ ބަދަލުކޮށްފައެވެ. އެ ހިދުމަތް މިހާރު ލިބޭނީ ހޮސްޕިޓަލުގެ އުތުރު ފަރާތުގައި އަލަށް ގާއިމްކޮށްފައިވާ އިމާރާތުންނެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން އޮންލައިންކޮށް ޓޮކެން ނަންބަރު ނެގޭނެ އިންތިޒާމްވެސް އެ ހޮސްޕިޓަލުން ވަނީ ހަމަޖައްސާފައެވެ. މިގޮތުން ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 11:00 ޖެހުމާ ހަމައަށް އޮންލައިންކޮށް ޓޯކެން ނަންބަރު ނެގުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ