ފަލަވުމުން ނުވަތަ މާބަނޑުވުމުން ހަށިގަނޑުގައި ސްޓްރެޗްމާކް ނަގައެވެ. އާއްމު މާބަނޑުވެ ވިހެއުމުން ބަނޑުގައި ގިނަ އަދަދަކަށް ސްޓްރެޗްމާކް ނަގާފައި ހުރެއެވެ. ބައެއް މީހުން ސްޓްރެޗްމާކް ފިލުވާލުމަށް ތަފާތު ވައްތަރުގެ ބޭސް އުނގުޅަ އެވެ. ސްޓްރެޗްމާކް ފިލުވާލަން ބޭނުންނަމަ މި ކަންތައްތައް ކޮށްލާށެވެ.
ކުކުޅު ބިސް
ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވެ. އެހެންކަމުން މިއީ ސްޓްރެޗްމާކް ފިލުވާލުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. ބިހުގެ ހުދުބައި ތައްޓަކަށް އެޅުމަށްފަހު އުލަކުން ފޮނުއަރަންދެން މިކްސް ކޮށްލާށެވެ. ސްްޓްރެޗްމާކް ހުރި ސަރަހައްދު ރީއްޗަށް ދޮވެލުމަށްފަހު މޭކަޕް ބުރުހަކުން ތުނިކޮށް އުނގުޅާލާށެވެ. ހިކުމުން ފިނިފެނުން ދޮވެލާށެވެ. އެއަށްފަހު ސްޓްރެޗްމާކް ހުރި ސަރަހައްދުގައި އޮލިވް އޮއިލްކޮޅެއް ހާކާލާށެވެ. ދެހަފްތާ ވަންދެން ދުވާލަކު ދެފަހަރު މިގޮތަށް ކަންތައް ކުރާށެވެ. އޭރުން ސްޓްރެޗްމާކް ފިލާނެއެވެ.
ހަކުރު
ހަކުރަކީވެސް ސްޓްރެޗްމާކް ފިލުވާލުމަށް އެހީވެދޭ އެއްޗެެކެވެ. އެގޮތުން އަލްމަންޑް ތެޔޮކޮޅެއްގެ ތެރެއަށް މޭޒުމަތީ ސަމުސަލެއްގެ ހަކުރާއި ކުޑަ ލުނބޯ ހުތް ކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަަށްފަހު ސްޓްރެޗްމާކް ހުންނަ ސަރަހައްދުގައި އުނގުޅާލާށެެވެ. ކޮންމެ ދުވަހަކުވެސް ފެންވެރުމުގެ ކުރިން މިގޮތަށް ކަންތައް ކޮށްލާށެވެ. މަސް ދުވަހުން ހައްލު ފެންނާނެއެވެ.
އޮލިވް އޮއިލް
އޮލިވް އޮއިލަކީވެސް ސްޓްރެޗްމާކް ފިލުވާލަދޭ އެއްޗެކެވެ. ތާފަނާ އޮލިވް އޮއިލް ކޮޅަކުން ކޮންމެ ދުވަހަކުވެސް ސްޓްރެޗްމާކް ހުންނަ ސަރަހައްދު މަސާޖކޮށްލާށެވެ. އޭރުން ހައްލު ލިބޭނެއެވެ.
ލެމަން ޖޫސް
ލުނބޯ ޖޫހަކީ ސްޓްރެޗްމާކް ފިލުވާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. ސްޓްރެޗްމާކް ނަގާފައި ހުރި ސަރަހައްދުގައި ލުނބޯ ހުތް އުނގުޅާލުމަށްފަހު 10 މިނެޓް ވަންދެން މަޑުކޮށްލާށެވެ. އެއަށްފަހު ހޫނުފެނުން ދެވޮލާށެވެ. މީގެއިތުރުން ކިއުކަންބާ އާއި ލުނބޯ ހުތް އެއްކުރުމަށްފަހު ސްޓްރެޗްމާކުގައި އުނގުޅާލާށެވެ. 10 މިނެޓް ވަންދެން މަޑުކޮށްލުމަށްފަހު ހޫނު ފެނުން ދޮވެލާށެވެ.