logoEN
cocacola
50 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެ ނޫޓު އަލުން ޗާޕުކޮށްފި

50 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެ ނޫޓު އަލުން ޗާޕުކޮށްފި

އަހުމަދު ޝުރާއު

logo

9/26/2022, 9:03:35 AM

# އެމްއެމްއޭ

MDV_P028_B218_50_RUF-xs

ރާއްޖޭގައި ބޭނުންކުރާ 50 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެ އަލުން ނޫޓޫ ޗާޕުކޮށްފި އެވެ.

ގޮސިޔާ

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިއްޔެ ނެރުނު ކުރު އިއުލާނެއްގައި ބުނެފައިވަނީ އެ އެތޯރިޓީއިން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 50 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕުކޮށްގެން 25 ސެޕްޓެންބަރު 2022 ގައި ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އަދި ދައުލަތުގެ ޚަޒާނާގައި އައު ސްޓޮކް ރައްކާކޮށްފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

"ރަންދިހަ ފަހެއް"ގެ ނަމުގައި މިހާރު ރާއްޖޭގައި ބޭނުންކުރާ ނޫޓު ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ދިވެހި ރުފިޔާގެ އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ