logoEN
cocacola
މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މިދަނީ މަސައްކަތް ކުރަމުން - މިއުވާން

މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މިދަނީ މަސައްކަތް ކުރަމުން - މިއުވާން

# ރައީސް އޮފީސް# މިއުވާން މުހައްމަދު# މަސްވެރިކަން

Miuvaan

މަސްވެރިން ބާނާ މަސް މިފްކޯއަށް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިއުވާން މިގޮތަށް ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން މިއުވާން ވިދާޅުވީ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު އުޅަނދެއް ގަތުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ރަނގަޅު އުޅަނދެއް ހޯދުމަށް އިންސްޕެކްޝަންތައް ކުރަމުންދާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

"މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު އުޅަނދެއް ގަތުމުގެ މަސައްކަތް އެބޭފުޅުން ކުރަމުން އެބަ ގެންދަވާ، އެގޮތުން އެކަށޭނަ އުޅަނދެއް ހޯދާ ފައިނަލް ކުރުމަށް އޮޕަރޭޝަނަށް އެކަށޭނަ އުޅަނދުތައް ދަނީ ބަލަމުން، " މިއުވާން ވިދާޅުވިއެވެ.

ރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަން ފާހަގަކުރައްވަމުން މިއުވާން ވިދާޅުވީ، ވޭތުވެދިޔަ 2 ހަފްތާގެތެރޭގައި މިފްކޯއަށް ގާތްގަނޑަކަށް އެވްރެޖްކޮށް ދުވާލަކަށް 700 ޓަނާ ގާތަށްމަސް ކިރުވަމުންދާ ކަމަށެވެ.

"އެވްރެޖްކޮށް އެވަރަށް މަސް ކިރުވަމުންދާއިރު، މިމަހުގެ 15ވަނަ ދުވަހު 717 ޓަނުގެ މަސް ކިރުވާފައިވޭ، މިފްކޯގެ ހަމަ ފުލް ކެޕޭސިޓީގައި ދަނީ މަސައްކަތްކުރަމުން" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ މިފްކޯއިން ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކު މަސް ކިރުވުމުގައި ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުންދާ ކަންވެސް މިއުވާން ފާހަގަކުރެއްވިއެވެ. އެގޮތުން 14 އައިސްޕްލާންޓެއް ހިންގުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާކަންވެސް މިއުވާން ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ