logoEN
cocacola
ރައީސްގެ ވައުދުތަކުގެ ގޮތުގައި ބަލަން ޖެހޭނީ މެނިފެސްޓޯގައިވާ ކަންކަން އެކަނި - ނަޝީދު

ރައީސްގެ ވައުދުތަކުގެ ގޮތުގައި ބަލަން ޖެހޭނީ މެނިފެސްޓޯގައިވާ ކަންކަން އެކަނި - ނަޝީދު

އައިޝަތު އިފާޝާ

logo

9/21/2022, 5:40:48 PM

# މުހައްމަދު ނަޝީދު

Nasheed

ރައީސުލްޖުމްހޫރިއްޔާ އެއްޗެއް ވިދާޅުވުމުން އެއީ ވެވަޑައިގެންނެވި ވައުދެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓާ އޮފް ނެޝަނަލް ޕްލޭނިން ހައުންސިން އެންޑް އިންފްރާންސްތްރަކްޗާ މުހައްމަދު އަސްލަމާ ސުވާލު ކުރުމަށް ކުރިއަށް ގެންދިޔަ ވަގުތުގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދެއްގެ ގޮތުގައި ބަލަން ޖެހޭނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދުތައް ކަމަށެވެ.

އދ. މަހިބަދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތައް ހައްލު ކޮށްދިނުމުގެ ގޮތުން އެ ރަށުގެ ބިން ހިއްކަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާކަން ފާހަގަ ކުރައްވައި، އެ މަސައްކަތުގެ ދަށުން މަހިބަދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ، އާއި އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ، ތޯރިގު ވަނީ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށްފަހު އާއްމުކޮށް މިނިސްޓަރާ ސުވާލު ކުރުމަށް މެންބަރުންނަށް ހުޅުވާލެއްވި ފުރުސަތުގައި، ރަށްރަށުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ފާހަގަ ކުރައްވައި ބައެއް މެންބަރުން ސުވާލު ކުރައްވަން ފެއްޓެވިއެވެ.

މެންބަރުންގެ އެ ސުވާލުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާހާ ވާހަކަފުޅުތަކަކީ ވައުދުގެ ގޮތުގައި މެންބަރުން ބައްލަވައިގަތުމަކީ ރަނގަޅުގޮތެއް ނޫން ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެއްޗެއް ވިދާޅުވީމަ މަޖިލީހުގައި އެއީ ވައުދެއްކަމަށް ނުވަތަ ގާނޫނެއް ކަމަށް ނުވަތަ ހުކުމެއް ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމަކީ، އެއްގޮތަކަށްވެސް ރަނގަޅު ކަމެއްނޫން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ