logoEN
cocacola
އެތައްް ޕާޓީއަކަށް ބައި އަޅައިގެން ވެރިކަން ކުރާ ނިޒާމެއް އޮތުމަކީ ގައުމަށް ގެއްލުން ހުރި ކަމެއް - ޝަހީމް

އެތައްް ޕާޓީއަކަށް ބައި އަޅައިގެން ވެރިކަން ކުރާ ނިޒާމެއް އޮތުމަކީ ގައުމަށް ގެއްލުން ހުރި ކަމެއް - ޝަހީމް

އައިޝަތު އިފާޝާ

logo

9/20/2022, 1:15:12 PM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

Shaheem

ރާއްޖެއަށް ފަހި އިގްތިސާދަކާއި ތަރައްގީގެ އުސްމިނަށް ވާސިލުވެވޭނީ ކޯލިޝަންއާ ނުލާ ވެރިކަން ކުރެވޭނެ މަގެއް ހޯދައިގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދީނީ އިލްމުވެރިޔާ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ޑރ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީި، ކޯލިޝަންއާ ނުލާ ވެރިކަން ކުރެވޭނެ މަގެއް ހޯދުމަކީ ކުދި ޕާޓީތައްވެސް ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ތަރައްގީކުރަން މަޖުބޫރުވާނެ ކަމަށާއި، ވަކި ބައެއްގެ އަތުގަ އެޕާޓީތައް ހިސާރުވެފަ އޮންނަ އޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ.

"އެތައް ޕާޓީއަކަށް ބައި އަޅައިގެން އެވެރިންގެ އާއިލާއާއި ރައްޓެހިންނަށް، ވަޒީފާ/ބައިތުލްމާލް/ކަނޑުފަޅު/އެއަރޕޯޓްތައް ބަހައިގެން ވެރިކަން ކުރާ ނިޒާމެއް އޮތުމަކީ މުޅި ގައުމަށް ގެއްލުން ހުރި ކަމެއް. މިއީ ވަކި ބަޔަކާ ދެކޮޅުވެގެން ބުނާ އެއްޗެއް ނޫން. މީ ގައުމީ މައްސަލައެއް. މިނޫން ގޮތެއް ހޯދަން ޖެހޭ." - ޑރ ޝަހީމް ވިދާޅުވިއެވެ.

ޑރ ޝަހީމް އިތުރަށް ވިދާޅުވީ، ތަފާތު ވިސްނުންތަކުގެ މައްޗަށް ބިނާވެފަ އޮންނަ ކޯލިޝަންތަކަކީ ކާމިޔާބު ފަލްސަފާއެއް ނޫން ކަމަށާއި، އެކުގައި ތިބުމަކީ ކާމިޔާބީއެއް ނޫން ކަމަށެވެ. ކާމިޔާބަކީ ނަތީޖާ ނެރުންކަމަށާއި ވެރިކަމަކީ ބައިބައި ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ދައުލަތް ހިންގާ މީހަކަށް ފުރިހަމަ ބާރު އޮންނަން ޖެހޭނެކަމަށްވެސް ޑރ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ