logoEN
ޕީއެންސީ 2
މިދެއަހަރު ބޭއްވުނު ބައި އިލެކްޝަންތަކަށް 3.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ

މިދެއަހަރު ބޭއްވުނު ބައި އިލެކްޝަންތަކަށް 3.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ

އައިޝަތު އިފާޝާ

logo

9/19/2022, 9:00:39 PM

# އިލެކްޝަންސް ކޮމިޝަން

election

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބުވިފަހުން މިވީ ދެ އަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޝަރީ 2024

ލާމަރުކަޒީ ޤާނޫނާއި، އިންތިޚާބުތަކާއި ބެހޭ ޤާނޫނުގައި ބުނާގޮތުން އިންތިޚާބީ ގޮނޑިއެއް ހުސްވެއްޖެނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެކެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހުމުން ކުރަންޖެހޭ ޚަރަދާއި، ހޭދަކުރަންޖެހޭ ވަގުތެވެ.

މިކަމާއި ގުޅޭ ގޮތުން ދެއްވި ބަސްދީގަތުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި އަންހެނުންގެ ކޮމެޓީތަކުން ހުސްވެފައިވާ ގޮޑިތަކަށް މިހާތަނަށް 23 އިންތިޚާބެއް ބާއްވާފައިވާކަމަށެވެ. މިއިންތިޚާބުތަކުގެ ތެރެއިން 7 ބައި އިލެކްޝަނެއް ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރު ބޭއްވި ބައި އިލެކްޝަންތަކަށް 1.6 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަނީ މިއަހަރުވެސް ގިނަ އިންތިޚާބުތަކެއް ބާއްވަމުންނެވެ. މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށްވެސް 16 ބައި އިލެކްޝަނެއްވަނީ ބާއްވާފައެވެ. މިއިންތިޚާބުތަކަށް 2.7 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއާއެކު މިވީ ދެއަހަރުގެ ތެރޭގައި 3.7 މިލިޔަން ރުފިޔާ ވަނީ އިންތިޚާބުތަކަށް ޚަރަދު ކޮށްފައެވެ.

ގާތްގާތުގައި އިންތިޚާބުތައް ބާއްވަން ޖެހުމުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހޮވާ ގޮނޑިތަކަށް ބާއްވާ އިންތިޚާބުތައް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން އިންތިޚާބެއް ބާއްވަން ޖެހިއްޖެނަމަ 365 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ވަނީ ހުށަހަޅާފައެވެ. ދެ ބައި އިލެކްޝަނެއްގެ ދެމެދުގައިވާ މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށާއި، އިންތިޚާބާއި ބެހޭ ޤާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ކޯރަމް ނުގެއްލޭނަމަ، ބައި އިލެކްޝަންތައް ކޮންމެ އަހަރަކުވެސް އެއްފަހަރާ ވަކި ތާރީޚެއްގައި ބޭއްވުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ ހުށަހަޅުއްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ