logoEN
cocacola
ތިނަދޫ ގެ ފިހާރައަކުން ތަކެތި ނަގައި, ފޭކް ސްލިޕް ފޮނުވި ޒުވާނަކު ފަޅާއަރުވައިފި

ތިނަދޫ ގެ ފިހާރައަކުން ތަކެތި ނަގައި, ފޭކް ސްލިޕް ފޮނުވި ޒުވާނަކު ފަޅާއަރުވައިފި

އަޙްމަދު ޖަމީލު

logo

1/21/2021, 6:34:44 PM

# ވިޔަފާރި# ގދ.ތިނަދޫ

F3D952D7-6BAF-4569-863B-C5BC1A0B32F4

ގދ.ތިނަދޫ ގެ ފިހާރައަކުން ތަކުރާރުކޮށް ވިޔަފާރި ކޮށް ފޭކްސްލިޕް ފޮނުވި ޒުވާން ފިރިހެނަކު ފަޅާއަރައިފިއެވެ.

ގޮސިޔާ

ނަން ހާމަ ނުކުރުމަށް ޝަރުތު ކޮށް ތިނަދޫގެ ވިޔަފާރިވެރިޔަކު "ގާފު" ނޫހަށް އެ ވާހަކަ ހިއްސާކުރަމުން ބުނީ، އެމީހާ ތަކުރާރުކޮށް އެ ފިހާރައިން ވިޔަފާރި ކޮށް ސައްހަ ނޫން ސްލިޕް ތަކެއް ފޮނުވި ކަން ފަޅާ އެރީ އޭނާގެ އަމަލުތައް ހުންނަގޮތުން ޝައްކު ކުރެވިގެން އެކައުންޓް ޗެކްކުރުމުން ކަމަށެވެ.

އެކި ދުވަސް ތަކުގެ މަތިން ތިނަދޫ ބަދަރު މަތީގައި ހުންނަ ފިހާރައަކުން ވިޔަފާރި ކުރަން އައިސް އެކި އެކި އެއްޗިސް ގަނެގެން ތަކެތީގެ އަގަށްވާ ފައިސާ ފޮނުވި ކަމުގެ ސްލިޕް ވަގުތުން ވައިބާރ ކޮށްދޭ ކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ. އެހެންނަމަވެސް، އޭނާ ދެފަހަރަށް ފިހާރައަށް ވަންނަ ކަން ފާހަނގަ ކުރެވުނު ކަމަށާއި، ފުރަތަމަ ފަހަރު ފިހާރައަށް ވަދެ ގަންނަން ބޭނުންވާ އެއްޗެހީގެ އަގު ބެލުމަށް ފަހު ބޭރަށް ނިކުމެ އިރުކޮޅެއް ފަހުން އަނެއްކާ ފިހާރައަށް ވަދެ ގަންނަން ބޭނުންވާ ތަކެތި ނަގައި، ސްލިޕް ވައިބާ ކުރުމުން ޝައްކު ތަކެއް އުފެދުނީ ކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ.

"އޭނަ ފިހާރައަށް ވަދެ ބޭނުންވާ އެއްޗެހީގެ އަގު ބަލާފަ ދަނީ، ދެން ފިހާރަ ބޭރުގައި ފަސްވަރަކަށް މިނެޓް ކޮށްލާފަ އަންނަނީ، އައިސް ބޭނުންވާ އެއްޗިސް ނަގައިގެން އޭގެ ލާރިގެ ޖުމްލަ އަދަދު ބުނީމަ ސްލިޕް ފޮނުވާނެ ބަރާބަރަށް. އެކަމަކު އަބަދު އެހެން ހަދާތީ އެއްޗެއް ހީވެގެން، އެކައުންޓް ޗެކް ކުރީ. ކުރި އިރު ލާރި ނުލިބޭ."

ވިޔަފާރިވެރިޔާ ބުންޏެވެ.

އަދި މިކަން ފަޅާ އެރުމުން، އޭނަ ހޯދައިގެން ގެނެސް ވާހަކަ ދެއްކި ކަމަށްވެސް ވިޔަފާރިވެރިޔާ ބުންޏެވެ. އޭނާ އެކަމަށް އިއުތިރާފު ވުމުން، އަނބުރާ ފައިސާ ދެއްކުމަށް ވަގުތު ދިން ކަމަށް ވެސް ވިޔަފާރިވެރިޔާ ބުންޏެވެ.

އެކި ދުވަސް ތަކުގެ މަތީން ތަކެތި ނަގައި, ސައްޙަ ނޫން ސްލިޕްތައް ފޮނުވައިގެން ތިން ހާހަށް ވުރެ ގިނަ ރުފިޔާ އޭނާ ދައްކަން ޖެހެއެވެ. ވިޔަފާރިވެރިޔާ ބުނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައި ނުވަނީ އޭނާ އެކަމަށް އިއުތިރާފުވެ އަނބުރާ ފައިސާ ދައްކާނެ ކަމަށް ވަޢުދު ވުމުންނެވެ.

ފަހަކަށް އައިސް ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕް ހަދައި ވައިބަރކޮށް އޮޅުވާލައި މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މައްސަލަތައް ފެންމަތިވަމުން އަންނަކަމަށް ފުލުހުންނާއި، ކަމާގުޅޭ އެހެނިހެން މުއައްސަސާތަަކުން އަންނަނީ ފާހަގަކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ