
S21-BG-920x613
ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 21+ 5ޖީ އަދި ގެލެކްސީ އެސް 21+ އަލްޓްރާ 5ޖީ ފޯން ޕްރީއޯޑަރ ކުރުމަށް އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

ޕްރީއޯރޑަރަށް މިއަދު ހުޅުވާލެވުނު ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ ސީރީޒް ގެ ފޯނަކާއެކު، ކޮންމެ މަހަކު 2 ޖީބީ ހިލޭ ޑޭޓާ، 6 މަސް ދުވަހަށް ލިބޭ އިރު ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20+ އަކާ އެކު ސްމާރޓް ޓެގް، ގެލެކްސީ ފިޓް 2 ފިޓްނަސް ބޭންޑްއެއް ވެސްލިބެއެވެ.
އަދި ޕްރީއޯރޑަރ ކުރައްވާ ކޮންމެ ގެލެކްސީ އެސް 21+ އަލްޓްރާއަކާއެކުވެސް ހިލޭ ޑޭޓާގެ އިތުރުން ސްމާރޓް ޓެގް އަދި ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެއް މުޅިންހިލޭ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.
ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އެއް 22،799 (ބާވީސް ހާސް ހަތްސަތޭކަ ނުވަދިހަ ނުވަ ރުފިޔާ) އަށް އުރީދޫ އިން ލިބެއެވެ. އަދި ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އެއް 27,399 (ހަތާވީސް ހާސް ތިންސަތޭކަ ނުވަދިހަ ނުވަ ރުފިޔާ) އަށް ލިބޭނެއެވެ.
ސެމްސަންގް ގެލެކްސީ 21+ ސީރީޒް ގެ މި ފޯނުތައް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ޕްރީއޯރޑަރ ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެއެވެ.