logoEN
Sto top
އަނެއްކާވެސް އުރީދޫގެ ފަރާތުން ރާއްޖެއަށް މުޅިން އާ ކަމެއް: އީސިމްގެ ޚިދުމަތް ސެމްސަންގ ގަޑިއަށް!

އަނެއްކާވެސް އުރީދޫގެ ފަރާތުން ރާއްޖެއަށް މުޅިން އާ ކަމެއް: އީސިމްގެ ޚިދުމަތް ސެމްސަންގ ގަޑިއަށް!

އަހުމަދު ޝުރާއު

logo

5/26/2025, 5:17:53 AM

# ސެމްސަންގް# އުރީދޫ މޯލްޑިވްސް

--

ސެމްސަންގް ވެއަރަބަލްސްގެ ޚިދުމަތް އުރީދޫއިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

Wamco

މިއީ ރާއްޖޭގައި ސެމްސަންގ ގަޑިއަށް މި ޚިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ. މިއީ ކަސްޓަމަރުންނަށް ސްމާޓްވޮޗުން ސީދާ ގުޅާލެވުމުގެ ފުރުސަތު ފަހިކޮށްދީ، ފޯނު ކައިރީގައި ނެތް ވަގުތު ތަކުގައިވެސް ކަނެކްޓްވެފައި ހުރުން ޔަގީންކޮށްދޭ ޚިދުމަތެކެވެ.

މި ހިދުމަތް ލިބިގެންދާނީ ރާއްޖެ ސަރަހައްދަށް ބޭނުންކުރެވޭ ސެމްސަންގް ވޮޗް އަލްޓްރާ 7 އެލްޓީއީ ޑިވައިސްތަކަށެވެ.

އުރީދޫން ބުނީ މި އިނޮވޭޓިވް ޓެކްނޮލޮޖީއާއެކު ފޯނު ކޯލް ކުރުމާއި ޓެކްސްޓް މެސެޖް ފޮނުވުމާއި މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން ސެމްސަންގް ސްމާޓްވޮޗުން މީހުން ބޭނުންވާ އެޕްލިކޭޝަންތަކާ ގުޅިފައި ތިބެވޭނެ ކަމަށާއި އީސިމް ކެޕޭބިލިޓީގެ ސަބަބުން ފަސޭހަކަމާއެކު ކަނެކްޓިވިޓީ ލިބި، ބޭނުންކުރާ ފަރާތްތަކަށް އިތުރު މިނިވަންކަމާއި ލުއިފަސޭހަކަން ލިބިގެންދާނެ ކަމަެވެ.

އާންމު ދިރިއުޅުން ކުރިއަރުވައި، ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިސްނުމަށް އެހީތެރިވެދޭ ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަކީ ފަޚުރުވެރިވާ ކަމެއްކަން ފާހަގަކޮށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް- ހަމާދީ ވިދާޅުވީ ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކުރުމަކީ ކަސްޓަމަރުން ގުޅިފައި ތިބުމަށާއި، ސިއްހަތު މޮނިޓާކޮށް، އެމީހުންގެ ދިރިއުޅުން މިހާރަށްވުރެ ފަސޭހަކަމާއި މިނިވަންކަމާ އެކު ބެލެހެއްޓުމަށް ބާރުއެޅުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.

ސެމްސަންގް ސްރީލަންކާ އާއި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ ސެމްސަންގް އަކީ އީޖާދީ ވެއާބަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ހާއްސަ ކޮށްފައިވާ ކުންފުންޏެއް ކަމަށާއި، އެ ޓެކްނޮލޮޖީގެ ސަބަބުން އާންމު ދިރިއުޅުން ހަރުދަނާ ކޮށްދޭ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްއާއި ގުޅިގެން ސެމްސަންގްގެ ސްމާޓްވޮޗްތަކަށް އީސިމް ގެ ފަންކްޝަނަލިޓީ ތަޢާރަފްކޮށް، ފޯނު ބޭނުންނުކޮށް، ކޮންމެ ތަނަކަށް ވިޔަސް، ގުޅާލެވިގެން ތިބެވޭނެ މަގު ފަހިކޮށްދިނުމަކީ އުފަލެއް ކަމަށާއި މި ލޯންޗުން ދައްކުވައިދެނީ ޑިޖިޓަލް ލައިފްސްޓައިލް ޕްރޮމޯޓްކޮށް ރާއްޖޭގެ ކަސްޓަމަރުންނަށް މުހިންމު އިނޮވޭޝަންތަކެއް ފޯރުކޮށްދިނުމަށް ދޭ އަހައްމިއްޔަތުކަންކަމަށް އޭނާ ވިދާޅުވިއެވެ.

ސެމްސަންގް އީސިމް ވެއާބަލްގެ ހިދުމަތް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ތިން މަސް ދުވަހަށް އެއްވެސް އަގަކާ ނުލައި މިހާރު ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ މުއްދަތަށްފަހު ކޮންމެ މަހަކު 199 ރުފިޔާގެ ޗާޖެއް މި ހިދުމަތަށް ނަގާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC