އީސީއިން އެދެނީ ޖޫން މަހަށް އިންތިހާބު ފަސްކުރަން

އިލެކްޝަންސް ކޮމިޝަން އިން އެދެނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު މި އަހަރުގެ ޖޫން މަހަށް ފަސްކުރުމަށް ކަމަށް، ސިޔާސީ ޕާޓީތަކުގެ ކިބައިން އެކޮމިޝަނުން އެދިލައްވައިފިއެވެ.

ކައުންސިލް އިންތިހާބަށް އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމިޓީއިން އިއްޔެ ބޭއްވި ބައްދަލުވުމުގައި އީސީއިން ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއިއެކު އެޗްޕީއޭއިން ކަނޑައެޅި ގައިޑްލައިނުގައި ކަންބޮޑުވަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށެވެ.

އެގޮތުން މިހާރު އޮތް ގައިޑްލައިނާއެކު އިންތިހާބު ބާއްވައިނަމަ، މިހާރު ކުރާ ހަރަދުކޮށް އިތުރު އިންތިހާބެއް ބާއްވަން ޖެހިދާނެ ކަމަށެވެ.

އިއްޔެ ބައްދަލުވުމުގައި އީސީއިން ވަނީ ގައިޑްލައިންގައި ހުރި ވަކިވަކި މާއްދާތަކަށް ރިޢާޔަތްކޮށް، ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން ޖެހޭނަމަ އިންތިޚާބު އިންސާފުވެރިކަމާއިއެކު ނުބޭއްވި ދައުލަތުން ބޭކާރު ބޮޑު ޚަރަދެއް ކުރަން ޖެހިދާނެކަމަށް ވިދާޅުވެފައެވެ.

އެ ގޮތަށް އީސީއިން އެދުނުއިރު, އިންތިހާބުގެ ވަގުތީ ގާނޫނުގައި އޮންނަ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް