ރައީސް މިއަދު ޤައުމާއި މުޚާޠަބުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ޤައުމާއި މުހާތަބްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޤައުމާއި މުހާތަބްކުރައްވާނީ މިއަދު މެންދުރުފަހު 2:00 ޖަހާއިރުކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާލުވީ، ކޯވިޑް-19ގެ ވެކްސިންގެ އެންމެ ފަހުގެ މަޢޫލޫމާތާއި ވެކްސިން ޕްލޭނާއި ގުޅޭގޮތުން ރައީސްގެ ޚިޠާބުގައި އަލިއަޅުއްވާލައްވާނެކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ކޯވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިއަދު މެންދުރު ފަހު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިވެކްސިންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ކަމާއިބެހޭ އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، ވެކްސިނާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް