logoEN
cocacola
ތިނަދޫ ދެދާއިރާގެ މެމްބަރުން ގދ.އތމ ގެ މެނޭޖްމެންޓް އާއި ބައްދަލު ކޮށްފި

ތިނަދޫ ދެދާއިރާގެ މެމްބަރުން ގދ.އތމ ގެ މެނޭޖްމެންޓް އާއި ބައްދަލު ކޮށްފި

# އަބްދުﷲ ސަނީފް# އަބްދުލް މުޣުނީ# ގދ.އަތޮޅު ތަޢުލީމީ މަރުކަޒު

D150FFCA-845B-4677-B477-AC45F8495C15

ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސަނީފް އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރ އަބްދުލް މުޣުނީ ތިނަދޫގައި ހުންނަ ގދ.އަތޮޅު ތަޢުލީމީ މަރުކަޒު ގެ މެނޭޖްމެންޓާއި ބައްދަލު ކޮށްފިއެވެ.

ގޮސިޔާ

މި ބައްދަލުވުމުގައި އެ ސްކޫލުގެ މެނޭޖްމެންޓްގެ އިތުރުން ޕީޓީއޭގެ އެކްސްކޯ މެމްބަރުން ބައިވެރިވެފައި ވެއެވެ.

ގދ.އަތޮޅު ތަޢުލީމީ މަރުކަޒު ގެ ޓީއާރުސީގައި ބޭއްވުނު މި ބައްދަލުވުމުގައި އެ ސްކޫލުގެ މެނޭޖްމެންޓުން ވަނީ މީހާރު އެ ސްކޫލުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ މެމްބަރުންނާއި ހިއްސާ ކޮށްފައެވެ. އެގޮތުން ދަރިވަރުން ބޭނުންކުރާނެ ފާޚާނާ ބަރި އާއި ކްލާސްރޫމްތަކާއި ދުރުގައި ހުރުމާއި، ފާޚާނާތައް މަދުވުމާއި، ޓީޗަރުން މަސައްކަތް ކުރުމަށް ސްޓާފްރޫމްގެ ޖާގައިގެ ދަތިކަމުގެ ވާހަކާއިގެ އިތުރުން ކްލާސްރޫމްތަކަށް، ޓީވީ ތައް މަދުވުމުގެ ވާހަކަ މެމްބަރުންނާއި ވަނީ ހިއްސާ ކޮށްފައެވެ.

undefined

އެގޮތުން މެމްބަރުންގެ ފަރާތުން ވަނީ އެ ސްކޫލަށް ދިމާވެފައި ހުރި އުނދަގޫ ތަކާއި ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ސްކޫލަށް ބޭނުންވާ ކަންތައް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން މަސައްކަތް ކުރައްވާނެ ކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.

ގދ.އަތޮޅު ތައުލީމީ މަރުކަޒަކީ 450 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ސްކޫލެކެވެ. އެ ސްކޫލަކީ ތިނަދޫގައި ހުންނަ ހަމަ އެކަނި ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ސްކޫލެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ