އަމީނިއްޔާގެ މުދައްރިސަކު ފައްސިވެ، އިތުރު މުދައްރިސުންތަކެއް ކަރަންޓީނަށް

އަމީނިއްޔާ ސްކޫލް -- ފޮޓޯ: މޯލްޑިވްސް ޓައިމްސް

އަމީނިއްޔާ ސުކޫލުގެ ޓީޗަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާ ކޮންޓެކްޓްވި ޓީޗަރުންތަކެއް ކަރަންޓީނު ކޮށްފި އެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފައިވާ ގޮތުގައި ފައްސިވެފައިވަނީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް 3 އަށް ކިޔަވައިދެއްވާ ޓީޗަރެކެވެ. އެކަމާ ގުޅިގެން އެ ޓީޗަރާ ކްލޯސް ކޮންޓެކްޓްވި އިތުރު ޓީޗަރުންތަކެއް ކަރަންޓީން ކޮށްފައިވާ ކަމަށްވެސް އެޗްއީއޯސީން ބުނެފައިވެއެވެ.

އެޗްއީއޯސީން ބުނި ގޮތުގައި ކަރަންޓީން ކުރި ޓީޗަރުންނާއި ޕޮޒިޓިވްވި ޓީޗަރު ދިމާވެފައިވަނީ ސްކޫލުން ބޭރުންނެވެ. އެހެން ކަމުން ސްކޫލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާތީވެ އެއްވެސް ދަރިވަރެއް ކޮންޓެކްޓްއެއްގެ ގޮތުގައި ނުބެލެވޭ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް