
Dhehvvadhoo
ގދ.ދެއްވަދޫން އިތުރު ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ އެރަށުން ބައްޔަށް ޕޮޒިޓިވްވެ ފަރުވާދެމުން އަންނަ މީހުންގެ ޢަދަދު 33 އަށް އަރައިފިއެވެ.

އިއްޔެ އާއި ހަމައަށް 24 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާއިރު އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކާއި، ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުންގެ ސާމްޕަލްއެވެ.
ދެއްވަދޫއިން ގިނަ ޢަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު އެރަށް އަދިވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ބުރާސްފަތި ދުވަހެވެ. ދެއްވަދޫ ކްލަސްޓާ ގުޅިފައިވާ މީހުންތައް ލ.އަތޮޅު ފޮނަދޫންނާއި ހުޅުމާލެ އިން ވެސް ފެނިފައި ވެއެވެ. ދެއްވަދޫން ފޮނަދުއަށް ދިޔަ ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން ފޮނަދު އާއި ގަން އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ދެއްވަދޫގައި ޒަރޫރީ ބޭނުމެއްގައި ނޫނީ އާންމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށްވަނީ އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ފިހާރަތަކަށް ވަނުމުގެ ބަދަލުގައި ޑެލިވަރީ ކުރުމުގެ ޚިދުމަތް ބޭނުންކުރުމާއި، ބަލީގެ އަލާމާތެއް ހުރި މީހެއްނަމަ އެރަށެއްގައި ހުންނަ ސިއްޙީ ޚިދުމަތްދޭ ތަނަކަށްގޮސް ޓެސްޓްކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ގުޅުންހުރި
ދެއްވަދޫ ކައުންސިލަށްވެސް ރައީސް ދެއްވީ ތަރައްޤީގެ ޔަގީންކަން!

ދެއްވަދޫގައި ކުރިޔަށް ގެންދިޔަ ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ކޯސް 7 މީހަކު ފުރިހަމަކޮށްފި

އެންދަަމަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފަ އޮއްވާ ފެނިއްޖެ
