logoEN
cocacola
މުޅި ހުވަދޫ އެކަތިގަނޑެއްގެ ގޮތުގައި!

މުޅި ހުވަދޫ އެކަތިގަނޑެއްގެ ގޮތުގައި!

# ހުވަދޫ

Dhehvvadhoo

ރާއްޖޭގެ އެންމެ ބޮޑު އަތޮޅެވެ. ޖުމްލަ 230 ރަށެވެ. ރާއްޖޭގެ 1190 ރަށްތަކުގެ ގާތްގަޑަކަށް 20 އިންސައްތަ ރަށެވެ. ރާއްޖޭގެ އެންމެ މަސްވެރިކަން ތިޔާގި، މަސްވެރިން ގިނަ އަތޮޅެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީ އޮތް އަތޮޅެވެ. ރާއްޖޭގެ އެންމެ ގިނަ ހާހަލާއި، ފަޅުތަކާއި ގިރިތަށްވެސް އޮތް އަތޮޅެވެ. ރާއްޖޭގެ އެންމެ ފުރިހަމަ އެއް އަތޮޅެވެ. މިދައްކަނީ ދިވެހިރާއްޖޭގެ ފަޙްރުވެރި ހުވަދޫ އަތޮޅުގެ ވާހަކައެވެ.

ގޮސިޔާ

ހުވަދޫ އަތޮޅަކީ އަބަދުވެސް ފުރިހަމަ އަތޮޅެއްކަން ތާރީހުގެ ފަށްފުށްތަކުގެ ތެރޭއަށް ފީނައިފި ކޮންމެ މީހަކުވެސް ހެކިވާނެއެވެ. ފެންނަ ފެނުމަށް، އިވޭ އަޑުތަކުން ހުވަދޫ މީހުންނަކީ ވަރަށް ނުބައި، ގޯސް މީހުންތަކެއްގެ ގޮތުގައި ދެކުނަސް، އެހުރިހާ ކަމަކީ ހައްތަހާވެސް ކުއްހީ ތަކެވެ. އޭގެ އެންމެ ފުރިހަމަ އެއް މިސާލަށް ވާނީ ގއ.ދެއްވަދޫ ކޮވިޑް 19 ގެ ސަބަބުން ލޮކް ޑައުންވެ، ބޯނެ ފެނާއި، ކާނެ މަހަށް ދަތިވެ އެރަށު ކައުންސިލްއިން އެހީ އަށް އެދުނު ވަގުތު ފެނުނު އެއްބައިވަންތަކަމާއި، އުޙުވަތްތެރިކަމާއި އަދި އަހުވަންތެވެރިކަމުގެ ލާމަސީލު މިސާލުކަން ގައިމެވެ.

ދެއްވަދޫ އިން ކޮވިޑް 19 ގެ ބޮޑު އިހާއެއް (ކްލަސްޓާރއެއް) ފެނި މުޅި އެރަށް ފުރަބަންދު ކުރުންވީ މާފަސޭހަ ކަމަކަށް ނޫނެވެ. މުޅި ރަށުގެ އިގްތިސާދު ހުއްޓުނެވެ. މުޅި ރަށުން ކާބޯތަކެތި ދަތިވިއެވެ. ދިރިއުޅުމަށް އެންމެ އަސާސީ ބޯނެ ފެންފޮދުވެސް ހިމެނޭ ގޮތުންނެވެ. ރައްޔިތުންނާއި ރަށު ކައުންސިލުން އެހީއަށް އެދުނު ވަގުތު، މުޅި ހުވަދޫ އެކީ އެކަށްޗަކަށް ހިފީ ދެއްވަދޫގެ އަތުގައެވެ. ކޮންމެ ރަށަކުންވެސް އެރަށެއްގެ ކައުންސިލްތަކާއި ގުޅިގެން، އަމިއްލަ ގޮތުން އަދި ކުންފުނިތަކުންވެސް އެހީ ފޯރުކޮށްދިނެވެ. ދެވެން އޮތް ވަރަކަށް ދެވެން އޮތް އެއްޗެށް ދިނެވެ. އަމިއްލަ މީހާގެ ފަރާތުން އެންމެ ފެން ކޭހުން ފެށިގެން، ހުވަދޫގެ މަޖިލިސް މެމްބަރުންނާއި، ބޮޑެތި ކުންފުނި ތަކުގެ އެތަކެއް ބައިވަރު އެހީތަކެވެ. އެކަން މުޅި ދެއްވަދޫ ބަލައި ގަތީ ނުލާހިކު އުފަލާއި އެކުއެވެ. ލޯތްބާއި އެކު ކުލުނުގެ އަތް ފޯރުކޮށްދިނީ، އެއްކަލަ "ނުބައި ހުވަދޫ މީހުންނެވެ".

އެވަރުން ނިމުނީއެއްނޫނެވެ. އެތަކެއް ބަޔަކު އެތަކެއް ތަނަކުގައި ދެއްވަދޫ އަދި މުޅި ދިވެހި ގައުމު ކޮވިޑުން ރައްކާތެރިކުރުމަށް އެދި ދުއާ ކޮށްހެދިއެވެ. އިންސާނިއްޔަތުގެ ލޯތްބާއި ކުލުނުގެ ދާނަކަށް މުޅި ހުވަދޫ ވާކަން މުޅި ދިވެހި ގައުމަށް ދައްކައިދިނީ "ފަޅި ސިކުންތެއްގެ" ތެރޭގައިއެވެ. ގޮވާލި ކޮންމެ ދިމާލަކުންވެސް، އެންމެ ފުރިހަމަ ކަމާއިއެކު އިޖާބަ ދޭނެ ކަން ދައްކުވަމުން، މުޅި ގައުމަށް ދައްކުވައިދިނީ ހުވަދޫގެ އެކުވެރިކަމެވެ. ދެކެވޭ ވާހަކައަކުން ހުވަދޫ ރައްޔިތުން އެކަކު އަނެކަކަށް، އެއްރަށެއްގެ މީހުން އަނެއް ރަށަކަށް އޮންނަ ގުޅުން ހީނަރުވެގެން ނުދާނޭކަމެވެ. މާޒީގައި ވޭތުވެދިޔަ ބަނަ ވިލާތަކުން އަލިކަން ކުރިމަގުގައި ހުވަދޫއަށް ހޯދައިދޭނެ ކަމެވެ. އަބަދުވެސް ހުވަދޫ ވާނީ އެއް ރޫހެއްގައި ކަމެވެ. އެއީ ވަކި ތެނަދޫ "ފެނެ ބައްޑަ" އަކަށް ވިޔަސް، ވިލިނގިލީ "ގަންމަނަ ބުދަކަށް" ވިޔަސް އަދި ކޮންމެ އެހެން މީހަކަށް ވިޔަސް، އެކުވެރިކަމަކީ ހުވަދޫގެ ގަދަފަދަ ބާރުކަމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ