logoEN
cocacola
ދެއްވަދޫ ވޭދަނަ: އެހީވެދިނުމަށް ހުރިހާ އެންމެން އަތުކުރި އޮޅާލައިފި!

ދެއްވަދޫ ވޭދަނަ: އެހީވެދިނުމަށް ހުރިހާ އެންމެން އަތުކުރި އޮޅާލައިފި!

# ގއ.ދެއްވަދޫ

Dhehvvadhoo

ގއ.ދެއްވަދޫއިން ކޮވިޑް 19އަށް ރައްޔިތުންތަކެއް ފައްސިވެ އެރަށް ލޮކްޑައުނު ކުރެވިފައިވުމުން، ދިމާވެފައިވާ ދަތިތަކާއި ހެދި އެރަށު ކައުންސިލުން އެރަށަށް އެހީވެދިނުމަށް އެދުމުން އެކަމަށް އެތަށް ބަޔަކު ތައްޔާރުވެ އެހީވާން ފަށައިފިއެވެ.

ގޮސިޔާ

"ގާފު" އާއި ވާހަކަ ދައްކަމުން ގއ.ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގް ވިދާޅުވި ގޮތުގައި އެރަށް ލޮކް ޑައުން ކޮށްފައިވުމުން މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށުގައި ފެނާއި މަހުގެ ދަތިކަން އޮތުން ކަމަށެވެ. އެގޮތުން މަސްވެރިކަން ކުރާ ހަ ދޯނި އެރަށުގައި އޮންނަ އިރު، އެއްވެސް ގޮތަކަށް މަހަށް ދިޔުމަށްވެސް ހުއްދަ ނެތުމުގެ ސަބަބުން، މަސް ލިބުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި، އަދި ހަމަ އެހެންމެ، ރަށުން ބޯ ފެނުގެ ދަތިކަންވެސް ލިބެމުންދާކަމަށެވެ.

ލޮކްޑައުންގެ ސަބަބުން އެރަށުގެ ހުރިހާ ސިނާއަތްތަށް މެދުކެނޑިފައިވީއިރު، އެކަމުގެ ސަބަބުން އެރަށަށް ލިބެމުންދާ ދަތިތަކުން އަރައިގަތުމަށް އެރަށު ކައުންސިލްއިން އެހީތެރިކަމަށް ވަނީ އެދިފައެވެ. އެއާއިއެކު، އެރަށަށް އެހީވުމަށް، މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ވަނީ 300 ފެން ކޭސް އެހީގެ ގޮތުގައި އެރަށަށް ދިނުމަށް ނިންމާފައެވެ. ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި، އެމްޑަބްލިޔުއެސްސީގެ އިތުރުން، ގއ. އަތޮޅު ކައުންސިލްއިން 100 ފެން ކޭސް އަދި މިފްކޯ އިން 50 މަސްދަޅު ކޭސްވެސް އެރަށަށް ދިނުމަށް ނިންމާފައިވާ ކަމަށާއި، ހަމަމިއާއިއެކު، ގާތް އަދި ދުރު ރަށްރަށުންވެސް އަދި އަމިއްލަ ފަރާތްތަކުންވެސް އެރަށަށް އެހީތެރިކަން ފޮނުވަމުންދާ ކަމަށެވެ.

ގއ.ދެއްވަދޫ ލޮކް ޑައުން ކުރެވިފައިވާއިރު، މިއަދާއި ހަމައަށް އެރަށުން 25 މީހަކު ފައްސިވެ، އެކްޓިވް ވޭދަނަ ތަކުގެ ގޮތުގައި 23 މީހަކު އެބަތިއްބެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ