
ތިނަދޫ ދެ ދާއިރާގެ މެމްބަރުން ޑރ.އޭއެސްއެމްއެޗް ގެ މެނޭޖްމެންޓްއާއި ބައްދަލު ކުރައްވައިފި
# އަބްދުﷲ ސަނީފް# އަބްދުއްސަމަދު މެމޯރިއަލް ހޯސްޕިޓަލް# އަބްދުލް މުޣުނީ7659B1BD-26CB-43B9-A44C-BE90968E8C0D
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫގެ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސަނީފް ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޯސްޕިޓަލުގެ ގެ ސީނިއާރ މެނޭޖްމެންޓްއާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ހޮސްޕިޓަލުން ވަނީ ހިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތި ތަކާއި ގޮންޖެހުންތައް މެމްބަރުންނާއި ހިއްސާ ކޮށްފައެވެ. އެގޮތުން މެމްބަރުން ވަނީ އެކަން ކަމަށް ލިބެން އޮތް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ބުނެފައެވެ.
މީގެ އިތުރުން ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ފުޅާ ކުރެވޭނެ ގޮތްތަކާއި އަދި ދާއިރާތަކާއި ގުޅޭގޮތުން ދެފަރާތުން ވަނީ މަޝްވަރާ ކޮށްފައެވެ.
ގދ.ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޯސްޕިޓަލަކީ ރަނގަޅު ސިއްޙީ ހިދުމަތް މުޅި ހުވަދު އަތޮޅަށް ދެމުން އަންނަ ހޮސްޕިޓަލެކެވެ.
ގުޅުންހުރި

އައްޑޫގެ ތަރައްގީއާ ބެހޭގޮތުން މެމްބަރު މުޣުނީ ދެއްކި ވާހަކަތަކަށް ހިތަދޫ ޕީޕީއެމްގެ ރައްދެއް

އައްޑޫގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އޮތަސް ފަތުރުވެރިން ގިނައިން އަންނަނީ ހުވަދޫއަށް - މުޣުނީ

21 ހިޔާ ޓަވަރުން އުފެދޭނީ 21 ގޭންގު - ނަސީފް
