
109991_3_7283835018862027020733f12e2c5179b26a2057_large
ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބުނު އާމްދަނީ 37.7 އިންސައްތަ ދަށްވެއްޖެ އެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު މީރާއަށް އާމްދަނީގެ ގޮތުގައި ވަދެފައިވަނީ ޖުމްލަ 10.5 ބިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 37.7 އިންސައްތަ ދަށް އަދަދެކެވެ.
މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ ޖުމްލަ އާމްދަނީގެ %41.1، 4.31 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ ޖުމްލަ އާމްދަނީގެ %18.0، 1.89 ބިލިއަން ރުފިޔާއެވެ.
ދެން އެންމެ ބޮޑު އާމްދަނީ ލިބިފައިވަނީ ބީ.ޕީ.ޓީ އެވެ. އެއީ 1.77 ބިލިއަން ރުފިޔާއެވެ. ޓޫރިޒަމް ލޭންޑް ރެންޓް އިން 702.8 މިލިއަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 352 މިލިއަން ރުފިޔާއެވެ.
މި ފައިސާގެ ތެރޭގައި 296.84 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ގުޅުންހުރި

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ގަސްދުގައި ޓެކުހަށް މަކަރު ހަދާކަމުގެ ތުހުމަތުގައި ބޭސް ވިއްކާ ފަރާތަކަށް ދައުވާކުރަން ފޮނުވައިފި

އޭޕްރިލް މަހު ދައުލަތުގެ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ
