
1520333950
ގަވާއިދަ ހިލާފަށް ބަޔަކު ކުރާ ކަމެއްގެ ޒިންމާ އިލެކްޝަން ކޮމިޝަން (އީސީ) އިން ނަގާކަށް ނުޖެހޭނެ ކަމަށް އެކޮމިޝަންގެ ނައިބުރައީސް އިސްމައީލް ހަބީބް ވިދާޅުވެއްޖެއެވެ.

ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލައިގައި ސުވާލުކުރުމަށް މަޖިލީހުގެ މިނިވަން މުއައްްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކުރެވި އެކަމާއި ބެހޭ ގޮތުން ސުވާލުކުރުމން ހަބީބް ވިދާޅުވީ ޕާޓީތަކުން މީހުން ވަކިވުމާއި މީހުން ޕާޓީތަކަށް ވެއްދުމުގައި އަމަލުކުރަމުން ގެންދަނީ ވަރަށް ހަރުދަނާ، ރަނގަޅު އުސޫލެއްގެ ދަށުން ކަމަށާއި ވަކި ބަޔަކު ގަވާއިދާ ޙިލާފަށް ކުރާ ކަމެއްގެ ޒިންމާ އީސީ އިން ނަގަން ނުޖެހޭނެ ކަމަށެވެ. އަދި ޕާޓީތަކުން މީހުން ވަކި ކުރުމުގައި އޮންނަ އުސޫލު އުނދަގޫކަމަށް އެއްބަސްވެވަޑައިގެން ހަބީބް ވިދާޅުވިގޮތުގައި، ޕާޓީ ތަކުން މީހުން ވަކިވުން ފަސޭހަ ކުރުމަށްޓަކައި ޕާޓީ ތަކުން އެފަދަ މައްސަލަތަކާއި ހަވާލުވުމަށް އީސީ އިން ޑްރާފްޓުކުރި ބިލުގައި ބަޔާންކުރެވުނު ކަމަށެވެ. އަދި މިމަސައްއކަތަކީ އީސީ އިން ކުރަމުން ގެންދާ މަސައްކަތެއްނޫން ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
"އެކަން ފަސޭހަކުރުމަށް އަޅުގަނޑުމެން ޑްރާފްޓްކޮށްގެން މި ގެނައި ބިލުގައި ޕާޓީތަކުން އެކަން ބަލަހައްޓާ ގޮތަށް އޮންނާނީ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން އެއަށް މަގެއް ދައްކައިނުދީ ޕާޓީތަކުން އެކަން ކުރާ ކަމަށް ވަންޏާ ދެން މި ޖެހޭ މައްސަލައަކީ، އެކަކު އޮވެދާނެ 4-5 ޕާޓީއެއްގައި. އެހެންވީމަ އިލެކްޝަންސް ކޮމިޝަނުން، ޕާޓީތަކުގެ ބަލަދުވެރި ފަރާތް ނުވަތަ ރެގިއުލޭޓްކުރާ ފަރާތަށް ވާތީ އިލެކްޝަންސް ކޮމިޝަންގައި ޕޯޓަލް އަކުން ޕާޓީތަކަށް އެކްސެސްދީގެން މީހަކު ވައްދާއިރު އެއް އައިޑީކާޑެއްގައި މީހަކަށް ދެ ޕާޓީއެއްގައި ނޯވެވޭނެ،" ހަބީބް ވިދާޅުވި އެވެ.
މި މައްސަލައިގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި މިމައްސަލަ ހައްލު ނުކުރެވުމުގެ އެންމެ ބޮޑު މައްސަލައަކީ ފޯމުތަކުގައި ދިވެހި ރައްޔިތުންގެ އިނގިލީގެ ނިޝާން ނެތުން ކަމަށެވެ. އަދި އެފަދަ މަސައްކަތެއް ކުރުމަށް ޑީއެންއާރުގައިވެސް ފިންގަ ޕްރިންޓް ނެގިފައި ހުރީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށްވެސް ފުއާދު އެއްބަސްވެލެއްވިއެވެ.
ހަމައެހެންމެ، މި މައްސަލައާމެދު ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގައި އިސްކޮށް ހުންނަވާ ޑރ. މުހައްމަދު ޒާހިރު ވިދާޅުވި ގޮތުގައި އީސީ އިން ޕާޓީތަކުގެ ދަފްތަރު ބަލަހައްޓަނީ ދެޕާޓީއެއްގައި އެކަކު ރަޖިސްޓްރީވެފައި ނުވާކަން ޔަގީންކުރުމަށް ކަމަށެވެ. އަދި އެއްވެސް ފޯމެއް ނެތި އެއްވެސް ބަދަލެއް އެއްވެސް ފަރާތެއްގެ ރިކޯޑުން ބަދަލުކޮށްފައި ނުވާނެ ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.
މިފަހަކަށް އައިސް ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލަމިވަނީ އިތުރުވެފައިއެވެ. އެގޮތުން މެމްބަރުންނަށް ނޭނގި ސޮއިވެސް ނުކުރާ ޕާޓީތަކުގައި މީހުން ތިބުމާއި ޕާޓީތަކަށް ސޮއި ނުކުރާ މެމްބަރުން ޕާޓީތަކުގައި ތިބުން ފަދަ މައްސަލަތައް އީސީއަށް ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

އީސީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
.jpg&w=3840&q=75)
އަހަރަކު ދެފަހަރު ބައި އިލެކްޝަން ބާއްވާގޮތަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

ފައިސާގެ އިނާމާއި އެކު އީސީއިން ޚާއްސަ ކުއިޒް މުބާރާތެއް ފަށައިފި
