ގދ.ގައްދޫގައި ހުންނަ ގދ.އަތޮޅު މަދަރުސާގެ އޮފީސް އިމާރާތް ކުރުމަށް ބަޔަކާއި ހަވާލު ކޮށްފިއެވެ.
މި މަސައްކަތް ޕަބްލިކް ސެކްޓާ އިންވެސްޓް ޕްރޮގްރާމް(ޕީއެސްއައިޕީ)ގެ ދަށުން ހަވާލުކޮށްފައިވަނީ، "އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"' އާއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒް އެވެ. އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުހައްމަދު އެވެ.
ގައްދޫ ސްކޫލުގެ އޮފީސް އިމާރާތަކީ4،780،079.77 (ހަތަރު މިލިއަން ހަތްލައްކަ ފަންސާސް އަށް ހާސް ހަތްދިހަ ނުވަ ރުފިޔާ ހަތްދިހަ ލާރި) އަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.