
DSC_4930
ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.

ކޮވިޑް ބަލީގައި ނިޔާވެފައިވަނީ ވަނީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެމީހާއަށް ފަރުވާދެމުން ގޮސްފައިވަނީ ހުޅުމާލެ ފެސިލިޓީގައެވެ. މިއާއެކު ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 300 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް އިތުރުވާން ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ގިނަވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި 142 ކޭސް ފެނިފައިވާ ކަމަށާއި މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.