
ހުވަދޫ ސްވިމިން ކްލަބުން ތިނަދޫގައި އިތުރު ޕްރޮގްރާމެއް ފަށައިފި
# ގދ.ތިނަދޫ# ހުވަދޫ ސްވިމިންގ ކްލަބްGMG_1478
ހުވަދޫ ސްވިމިންގ ކްލަބުން ގދ. ތިނަދޫގައި ފަތަން ދަސްކޮށްދިނުމުގެ އިތުރު ޕްރޮގްރާމެއް ފަށައިފިއެވެ.

ޖުމްލަ 25 ދަރިވަރުންނާއެކު މިއަދު ފެށި އެ ޕްރޮގްރާމުގައި، ފަތަން ދަސްކޮށްދިނުމުގެ އިތުރުން ސްނޯކަލިންގ އާއި ބެޖު ހެދުމުގެ އިތުރުން، ސްޓްރޯކް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެ ކްލަބުން މިއަހަރު ތިނަދޫގައި ކުރިއަށް ގެންދާ ތިން ވަނަ ޕްރޮގްރާމެވެ.
ހުވަދޫ ސްވިމިންގ ކްލަބަކީ ހުވަދު އަތޮޅުގައި މޫދު ކަސްރަތާއި ފެތުމުގެ ދާއިރާއިން ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. އެޖަމިއްޔާއިން ވަނީ ދާދި ފަހުން، ދިވެހި މަސްވެރިންގެ ޖަމިއްޔާއާ ގުޅިގެން ގއ. ކަނޑުހުޅުދޫގައިވެސް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގާފައެވެ.
https://gaafu.mv/64080
ހުވަދޫ ސްވިމިންގ ކުލަބަކީ ހުވަދޫ އަތޮޅުގައި ފެތުމުގެ ރޫހު އާލާކޮށް ކުޑަކުދިންނާއި ޒުވާނުން ފެތުމުގެ ދާއިރާއިން ތަމްރީނު ކުރުމުގެ އިތުރުން މޫދު ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ވިސްނުމުގައި 2020ވަނަ އަހަރު އުފެދުނު ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި ވަނީ ހުވަދޫ އަތޮޅުގެ ގިނަ ރަށްތަކެއްގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުތަކާއި މޫދު ކަސްރަތު ޕްރޮގްރާމުތަށް ކުރިޔަށް ގެންގޮސް ކާމިޔާބު ކަމާއި އެކު ނިންމާލާފައި އެވެ. އަދި ކުރިއަށް އޮތްތަނުގައި އެކި އެކި ރަށްރަށުގައި މިފަދަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެ ކުލަބުން ބުނެއެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
