logoEN
cocacola
ޕީޕީއެމްގައި ރަޖިސްޓްރީ އޮވެގެން ގިނަ ބަޔަކު ޝަކުވާ ހުށައަޅައިފި

ޕީޕީއެމްގައި ރަޖިސްޓްރީ އޮވެގެން ގިނަ ބަޔަކު ޝަކުވާ ހުށައަޅައިފި

އަލްފާ އަލީ

logo

6/9/2022, 4:27:29 PM

# އިލެކްޝަންސް ކޮމިޝަން# ޕީޕީއެމް

6bd8d380-02e3-455e-8b31-50e96f520bf8

ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ މައި ޕާޓީ ކަމުގައިވާ ޕީޕީއެމްގައި ރަޖިސްޓްރީކޮށްގެން ގިނަ ބަޔަކު ޝަކުވާ ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ގޮސިޔާ

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ސިޔާސީ ޕާޓީތަކަށް ވައްދައިގެމް އީސީ އަށް ލިބިފައިވާ ޝަކުވާތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާ ދެކޮޅަށެވެ. އެ ޕާޓީގައި ރަޖިސްޓަރީ އޮވެގެން 391 މީހަކު ވަނީ ޝަކުވާ ހުށަހަޅައިފައެވެ.

އެ ކޮމިޝަނުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނަ ޝަކުވާ ހުށަހަޅާފައި ވަނީ 2019 ވަނަ އަހަރާއި މި އަހަރު އެވެ. ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް ޖުމްލަ 1208 ޝަކުވާއެއް ހުށައަޅާފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތައް ދައްކާ ގޮތުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި ރަޖިސްޓާ އޮވެގެން 213 މީހުން ޝަކުވާ ހުށަހަޅާފައިވެއެވެ. އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ރަޖިސްޓްރީ ކޮށްފައިވުމުން 145 މީހަކު ވަނީ އީސީއަށް ޝަކުވާ ހުށަހަޅާފައެވެ.

އޭގެ އިތުރުން ޖުމްހޫރީ ޕާޓީ ގައި ރަޖިސްޓްރީ އޮވެގެން 144 މީހަކު، އެމްޑީއޭ ގައި ރަޖިސްޓްރީ އޮވެގެން 74 މީހަކު، އަދާލަތު ޕާޓީގައި ރަޖިސްޓްރީ އޮވެގެން 66 މީހަކު، އެމްޓީޑީގައި ރަޖިސްޓްރީ އޮވެގެން 63 މީހަކު، އެމްއެންޕީގައި ރަޖިސްޓްރީ އޮވެގެން 57 މީހަކު، އެމްއާރްއެމް ރަޖިސްޓްރީ އޮވެގެން 30 މީހަކު، ޑީއާރްޕީގައި ރަޖިސްޓްރީ އޮވެގެން 13 މީހަކު އަދި ޕީއެންސީ ރަޖިސްޓްރީ އޮވެގެން 12 މީހަކު ޝަކުވާ ހުށަހަޅާފައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ