
ހުވަދޫގައި އެއަރޕޯޓް އަޅާތީ އައްޑޫގެ ކުރީގެ މެމްބަރު ޑީޑީގެ ކަންބޮޑުވުން!
# އިބްރާހިމް މުހައްމަދު ދީދީIbrahim Mohamed DID
ގދ. ފަރެސްމާތޮޑާގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް މިސަރުކާރުން ކުރިއަށްގެންދާތީ އެމަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު، ބްރިޑޭޑިއަރ ޖެނަރަލް ރިޓަޔާޑް އިބްރާހިމް ދީދީ ފާޑު ވިދާޅުވެއްޖެއެވެ.

ޑީޑީ ވިދާޅުވީ އިހައްދުވަހު ވަޑައިގެން އައްޑޫގައި ސީ ޕްލޭން އޮޕަރޭޝަން ފެށުމަށްފަހު، އަންނަ އަހަރު ހުވަދޫގައި އިންޓަނޭޝަނަލް އެއަރޕޯޓް އެޅުމުން ވާނެ ގޮތް ނުވިސްނެނީބާއޭ ވިދާޅުވެ، ޑީޑީ ވަނީ ސުވާލުކުރައްވާފައެވެ.
ޑީޑީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހުވަދޫގައި އިންޓަނޭޝަނަލް އެއަރޕޯޓްއެއް ހެދުމަށް ހިމެނިގެން ދިއުމަކީ އޭގެ ސަބަބުން ގަން އިންޓަނޭޝަނަލް އެއަރޕޯޓް ހިނގައި ނުގަންނަނީސް އައްޑޫގެ އިޤްތިޞާދު އިންދަޖެހިދާނެ ކަމެއް ކަމަށެވެ.
ފަރެސްމާތޮޑާގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް އެރަށުން 19 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. 2018ވަނަ އަހަރު ފެށި ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ.
ރާއްޖޭގެ ކޮންމެ ތަނަކުން 30 މިނެޓުން އެއަރޕޯޓަށް ދެވޭ ހިސާބުގައި އެއަރޕޯޓް ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.