logoEN
ކޮކާކޯލާ
ބޭރުން އަންނަ ދަރިވަރުންވެސް ގޭގައި ކަރަންޓީންވާ ގޮތަށް ހަމަޖައްސައިފި

ބޭރުން އަންނަ ދަރިވަރުންވެސް ގޭގައި ކަރަންޓީންވާ ގޮތަށް ހަމަޖައްސައިފި

Admin

logo

1/1/2021, 8:25:18 PM

# ކޯވިޑް-19# އެޗްޕީއޭ

ކޮވިޑް

ރާއްޖެއިން ބޭރަށް ގޮސް އެނބުރި އަންނަ, ރާއްޖޭގައި ތައުލީމް ހާސިލް ކުރާ ދަރިވަރުން އެނބުރި ރާއްޖެ އައިސް ގޭގައި ކަރަންޓީން ވާން ޖެހޭ ގޮތަށް އެޗްޕީއޭގެ އުސޫލް ބަދަލުކޮށްފިއެވެ.

އަބުޅޯ

އެޗްޕީއޭއިން ބުނި ގޮތުގައި އަންނަ ހޯމަ ދުވަހުން ފެށިގެން ޕީސީއާރް ނައްސި ނަތީޖާއާއެކު ރާއްޖެއިން ބޭރުން އަންނަ ރައްޖޭގެ ސްކޫލް/ކޮލެޖް/ ޔުނިވާސިޓީތަކަށް ކިޔަވަންދާ ދަރިވަރުން ރާއްޖެ އައުމަށްފަހު، 10 ދުވަހަށް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. އަދި އެފަރާތްތައް ކަރަންޓީނުން ދޫކޮށްލާނީ 10 ދުވަހަށްފަހު ހަދާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މީގެ ކުރިން ޑިސެންބަރު 16 ވަނަ ދުވަހު ވަނީ ރައްޖެ އިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި، މާލެ ސަރަޙައްދަށް (މާލެ، ހުޅުމާލެ، ވިލިމާލެ)އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 13,738 މީހުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ