logoEN
cocacola
ޕައިލްސް މައްސަލައަށް ގޭގައި ދެވިދާނެ ފަރުވާއެއް!

ޕައިލްސް މައްސަލައަށް ގޭގައި ދެވިދާނެ ފަރުވާއެއް!

އަޙްމަދު ޖަމީލު

logo

1/1/2021, 7:38:59 PM

# ސިއްޙަތު

Abdominal pain patient woman having medical exam with doctor on illness from stomach cancer, irritable bowel syndrome, pelvic discomfort, Indigestion, Diarrhea, GERD (gastro-esophageal reflux disease)

ޕައިލްސް މައްސަލަ ނުވަތަ ފުރަގަސް ފަރާތުގެ ބައްޔަކީ މިހާރު ވަރަށް ޢާއްމު ބައްޔެކެވެ. ޢާއްމު ގޮތެއްގައި މިކަމުގެ އުނދަގޫ ޒުވާނުންނާއި، ޢުމުރުން ދުވަސްވީ މީހުން ތަޙައްމަލު ކުރިޔަސް މަދުމަދުން ނަމަވެސް ކުޑަކުދިންނަށްވެސް މިމައްސަލަދިމާވާތަން އެބައާދެއެވެ. މިއީ ބަލި ޖެހިފައިވާ މީހަކަށް ނޫނީ އިޙްސާސްވެސް ނުކުރެވޭހާ ވޭނާއި، ތަދާއި ރިހުން ހުންނަ ބައްޔެކެވެ.

ގޮސިޔާ

އާންމު ގޮތެއްގައި ފުރަގަސް ފަރާތު ބަލި ޖެހުމަށް ކުރިމަތިވަނީ ޅިނދާ، ފުރަގަސް ފަރާތް ހިމެނޭ ހިސާބުގައި ހުންނަ ނުސާފުލޭ ދައުރުވާ ލޭހޮޅި ތަކަށް އާދަޔާ ޚިލާފަށް ޕްރެޝަރު ބޮޑުވުމުންކަމަށް ސިއްޙީ ބޭފުޅުން ވިދާޅުވެއެވެ.

ޕައިލްސް މައްސަލައަށް ހައްލެއް ހޯދުމަށް އަމިއްލައަށް ފަރުވާ ކުރެވިދާނެއެވެ. ބަލީގެ ކުރީކޮޅުގައި މިފަރުވާ 3 ދުވަސްވަންދެން ދުވާލަކު ދެއިރު ކުރެވިއްޖެނަމަ ފުރަގަސްފަރާތު ބަލިން އިރާދަކުރެއްވިއްޔާ މުޅިން ފަސޭހަވާނެއެވެ.

ބޭނުންވާނެ ތަކެތި:

މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ "އެޕްސަމް ސޯލްޓް" (އެޕްސަމް ސޯލްޓްސް އަކީ ކުޑިއެއްގެ ގޮތުގައި ބޭސް ފިހާރަތަކުންލިބެން ހުންނަ ބާވަތެއްގެ ލޮނެކެވެ.)

މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ ގުލިސަރިން (ގުލިސަރިން އަކީ އޮލަކޮށް ހުންނަ އެއްވެސް ކުލައެއް ނެތް ކުޑަފޮނިރަހައެއްލާ ބޭހަށް ބޭނުންކުރާ ފެނެކެވެ.)

ތައްޔާރުކުރާނެގޮތް:

އެޕްސަމް ސޯލްޓް އާއި ގުލިސަރިން ފޮދު ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމުން ހުންނާނީ ކްރީމެއް ގޮތަށެވެ. ދެން އެކްރީމް ކޮޅު މަޑު ފޮތިކޮޅެއްގައި ލައިފައި ފުރަގަސްފަރާތުގެ ދޮރުގައި ޖައްސާ ހަރުލައްވާށެވެ. މިގޮތަށް ގާތްގަޑަކަށް ބައިގަޑިއެއްހާއިރު ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މިކަން މިގޮތަށް 3 ދުވަސްވަންދެން ދުވާލަކު 2 އިރު ހަދާށެވެ.

މީގެ އިތުރުން ގިނަގިނައިން ދިޔާ އެއްޗެތި ބުއިމާއި، ފައިބަރު އެކުލެވޭ ކާނާ ބޭނުން ކުރާށެވެ. އަދި ކަސްރަތު ކުރުމުގެ އިތުރުން ތާފަނާ ފެނުން ވީވަރަކުން ފެންވެރުމަކީ މި މައްސަލައަށް ލިބޭނެ އަވަސް ހައްލެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ