logoEN
ކޮކާކޯލާ
ކުދިންނަށް ލިބޭ އަނިޔާ ހުއްޓުވަން ހުތުބާތަކުން މުހިއްމު ދައުރެއް އަދާ ކުރެވޭނެ - ޑރ. ޝަހީމް

ކުދިންނަށް ލިބޭ އަނިޔާ ހުއްޓުވަން ހުތުބާތަކުން މުހިއްމު ދައުރެއް އަދާ ކުރެވޭނެ - ޑރ. ޝަހީމް

އަލްފާ އަލީ

logo

5/11/2022, 10:24:04 AM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

Dr.SHaheem

ކުޑަކުދިންނަށް ލިބޭ އަނިޔާ ހުއްޓުވަން ހުތުބާތަކުން މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަބުޅޯ

ޑރ. ޝަހީމް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ޝަހީމް ވިދާޅުވީ ކުޑަކުދިންނަށް ލިބޭ އަނިޔާ ތަކުން އެ ކުދިން ސަލާމަތް ކުރުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

Kudakudhinah libey Aniyaa thakun e kudhin Salaamai kururumah mulhi Mujuthamau gulhigen masakkay kuran jehey. Vakin Khaassakoh Khu'thubaa thakugayyaai Dheenee Ilmuveringe Dharusthakaai Program thakun muhimmu Dhaureh adhaakurevidhaane @MVIaffairs

— Mohamed Shaheem Ali Saeed (@Mohamedshaheem1) May 11, 2022

ފަހަކަށް އައިސް ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް އިތުރުވަމުން ދިޔަ ނަމަވެސް އެފަދަ މައްސަލަތަކުގައި ހިމެނޭ މީހުން ވަރަށް ފަސޭހައިން މުޖުތަމައުގެ ތެރެއަށް ދޫކޮށްލަމުން ދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާޗް މަހު ޖުމްލަ 266 މައްސަލަ އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލައެވެ. އެ ބާވަތު 126 މައްސަލައެއް މިދިޔަ މަހު ޖެންޑާއަށް ވަނީ ހުށަހަޅައިފައެވެ.

ކުޑަކުދިންގެ އަނިޔާގެ މައްސަލަތަކުގައި އެންމެ ގިނައީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. އެ ގޮތުން އެ ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ކުޑަކުދިންނަށް ޖިސްމާނީ ހާނިކައިގެ 27 މައްސަލަ، އިހުމާލުވުމުގެ 26 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 20 މައްސަލަ އެއް މިދިޔަ މަހު ހުށަހަޅާފައިވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ