
މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުމާއި ގުޅޭ ކަންކަން ރެގިއުލޭޓުކުރާނެ ޤަވާއިދެއް ހަދަނީ
# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު--
މިސްކިތްތަކުގައި ފަންޑުފޮށި ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދުމާއި ގުޅޭ ކަންކަން ރެގިއުލޭޓު ކުރާނެ ޤަވާއިދެއް ހެދުމަށް ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، މިފަދަ ޤަވާއިދެއް ހެދުމަށް ނިންމާފައިވަނީ އެކިއެކި ޖަމްޢިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދުން ގިނަވެފައިވާތީ މިކަން ކަން ގާތުން ބެލުމަށް ކަމަށެވެ. މި ޤަވާއިދުގެ ދަށުން ހުއްދަ ދެވޭނީ ހޯދާ ފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފްސީލް ހުށައެޅުމުންކަމަށާއި، ހުއްދަ ތަކުރާރު ކުރެވޭނީ ޚަރަދުކުރި ގޮތުގެ ތަފްޞީލާއި އޮޑިޓް ރިޕޯޓް ހުށައެޅުމުންކަމަށް ޤަވާއިދުގައި ބަޔާން ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އުޞޫލު ހެދުމަށް ހަމަޖެހިފައިވަނީ ދީނީ އެއްބައިވަންތަކަށް ޙިމާޔަތްކުރުމުގެ ޤާނޫގައި ޤަވާއިދުގެ ތެރެއިން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
ގުޅުންހުރި

ޒަކާތު ހައުސްގެ ފުރަތަމަ އަހަރު ތާރީޚީ ގިނަ ކާމިޔާބީތަކެއް ޚާސިލްކުރެވިއްޖެ - ރައީސް

ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މިޤައުމުގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމަށް ފަރުމާކުރެވިފައިވާ ޕްރޮގުރާމެއް - ޝަހީމް
.jpg&w=3840&q=75)
ފަރީދު ވަކިވެގެންދިއުމަކީ އިސްލާމީ ޚިދުމަތަށް ލިބިގެންދިޔަ ދެރައެއް - ޝަހީމް
