
FFCE574A-5251-4AFD-A92E-F9515CF121C1-850x548
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިޞަލް ނަސީމް، ގއ. ވިލިނގިއްޔަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ދަތުރުފުޅުގައި ވިލިނގިލީ ޑްރަގް ސެންޓަރު ހުޅުވައިދެއްވުމާއި ވިލިނގިލީގައި ނެއިބާހުޑް ޕޮލިސްގެ ހިދުމަތް އިފްތިތާހް ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި ގއ. ވިލިނގިލީ ކައުންސިލާއި އެ އަތޮޅުގެ އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ގުޅުންހުރި

ސަރުކާރުގެ މުޅި ތަޢުލީމީ ސިޔާސަތު އަމާޒުހިފާފައި ވަނީ 21 ވަނަ ޤަރުނަށް ދަރިވަރުން ތައްޔާރުކުރުމަށް - ނައިބު ރައީސް

ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް ކުރިޔަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި

އިޤުތިޞާދު ބިނާވެފައި އޮތީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މައްޗަށް - ނައިބު ރައީސް
