
fenaka
އދ.ފެންފުށީގައި ސަރުކާރުން ޤާއިމް ކުރައްވާ ފެނުގެނިޒާމު ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

އެކަމަށްޓަކައި މިއަދު ފެންފުށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ރަސްމީކޮށް މަސައްކަތް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އޮނަރަބަލް އަކްރަމް ކަމާލުއްދީން އެވެ. އެ ރަސްމިއްޔާތުގައި ފެންފުށީ ކައުންސިލް މެމްބަރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް 06 މަސްތެރޭ، ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަރ ޓެސްޓް ކޮށް، ގޭގެއަށް ކަނެކްޝަން ދިނުމުގެ އެނމެހައި މަސައްކަތް ކުރާނެ. މިގޮތުން 9600 މީޓަރަށްވުރެ ދިގު ފެނުގެ ވިއުގައެއް ޤާއިމްކޮށް، 60 ޓަނުގެ 02 ފެންޕްލާންޓް ބަހައްޓައި، 950 ޓަނުގެ ފެން ރައްކާކުރެވޭނެ ވަޞީލަތް ޤާއިމްކޮށް، ރަށުގެ ހުރިހާ ގެއަކަށް ފެން މީޓަރ ގުޅައިދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ފަރާތުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން، މި އަހަރުގެ ޑިސެމްބަރ ގެ ނިޔަލަށް ނިންމުމަށް ފެނަކަ އާ ޙަވާލުކުރައްވާފައިވާ މަޝްރޫޢެކެވެ. ފެނަކައިން މަސައްކަތް ކުރަނީ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމައި، 2022 ނޮވެމްބަރ މަހު މިނިސްޓްރީ އާ ފެނުގެ ނިޒާމު ޙަވާލުކުރުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ގުޅުންހުރި

ޕެޓީކޭޝްއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ފެނަކައިގެ ކުރީގެ 3 މުވައްޒަފަކަށް ދައުވާކުރަނީ

މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމަށް އެރަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި

ކުޅިވަރުގެ 28 މަޝްރޫޢުއެއް ކުރިއަށްގެންދަން ފެނަކައާއެކު ސޮއިކޮށްފި
