logoEN
ކޮކާކޯލާ

ހުވަދު އަތޮޅުގައި ބާއްވާ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތް ކަމުގައިވާ "އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022″ގެ ކޯ ސްޕޮންސަރ އަކަށް ހަވަރު ސްޕޯޓްސް ހަމަޖައްސައިފިއެވެ.

އަބުޅޯ

ގާފު މީޑިއާ ގްރޫޕުގެ އޮފީހުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ކަމާ ގުޅޭ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރ، ޝަޖާއަތު އަޙްމަދު އެވެ. ހަވަރު ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބް ރައީސް، މުޙައްމަދު ޔާސިރު އެވެ.

ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ.

މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުނަކީ ތިނަދޫ ޑަބްލިއުޑީސީއާއި ތިނަދޫ ކައުންސިލްގެ އިތުރުން، ގދ. އަތޮޅު ކައުންސިލް އެވެ. އޮފިޝަލް ޕާޓްނަރަކީ ޔޫތް މިނިސްޓްރީ އެވެ. މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން އަދި އަކުއަ ޕެރެޑައިސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. ތިނަދޫ ސްޓޭޑިއަމްގެ އިތުރުން މުބާރާތުގެ ދެވަނަ އެސޯސިއޭޓް ޕާޓްނަރ އަކީ ހުވަދޫ ސްވިމިންގ ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އެވެ. ބެވަރޭޖް ޕާޓްނަރގެ ގޮތުގައި އެވިއަރ ހަމަޖައްސާފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ. އަދި މި މުބާރާތުގެ މެޗުތައް ސްޓްރީމް ކުރާނީ މި މުބާރާތުގެ ސްޓްރީމިންގ ޕާޓްނަރ އިވެންޓްކާސްޓް މޯލްޑިވްސް އެވެ.

އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކުރިއަށްދާނީ ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންޑޯޒްމަންޓާއެކު ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ރޭގަނޑު 21:00 އިން ފެށިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ