logoEN
cocacola
ހުވަދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މިވަގުތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ނެތުން - ޑރ މައުސޫމް

ހުވަދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މިވަގުތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ނެތުން - ޑރ މައުސޫމް

އަހުމަދު ޝުރާއު

logo

4/4/2022, 4:11:43 PM

# ހުވަދޫ# ފަތުރުވެރިކަން# ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓު# ޑރ. މައުސޫމް

Tebxv4D3FerlPKEIkDfapdeFQOkJhsX2pzfNlIM5

ހުވަދޫ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މިވަގުތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އެއަތޮޅުގައި ނެތުން ކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ޑރ މައުސޫމް މިމޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމާއި އެކު ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޢުނީ އެމަނިކުފާނާއި ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން މެމްބަރު މުޢުނީ ވަނީ ހުވަދު އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތަކާއި ބެހޭ ގޮތުން މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ. އެއަތޮޅަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ މިނިސްޓަރާއި އެމޭރުމުން ސުވާލު ކުރިމަތިކުރައްވާފައެވެ.

undefined

އެސުވާލުތަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ ހުވަދު އަތޮޅަކީ ބޮޑު އަތޮޅަކަށްވީ ނަމަވެސް އެ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދިއްޖެނަމަ މިހާރަށް ރަނގަޅަށް ހުވަދު އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ކަމަށާއި ހުވަދޫގައި މިވަގުތު ހިންގަމުން ގެންދާ އެއާޕޯޓް ތަކަކީ އެ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ފަހިވާ ގޮތަށް ހަދާފައިވާ އެއާޕޯޓްތަކެއްގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ކުރަން ފަސޭހަވާ ގޮތަށް ހަދާފައިވާ އެއާޕޯޓްތަކެއް ކަމަށެވެ. އެހެން ކަމުން އެއަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓަކާއި އެކު ދަތުރުފަތުރު ފަސޭހަކުރުމަކީ އަތޮޅުގައި ހުރި ރަށްތައް ތަރައްގީކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވޭނެ ގޮތެއް ކަމަށާއި އެމަސައްކަތް އަވަހަށް ފެއްޓެވުމަށް މައުސޫމް އެދިވަޑައިގެންނެވި އެވެ.

"ހުރި އެއާޕޯޓްތައް އަވަހަށް ނިމި ފުރިހަމަ އެއާޕޯޓްތަކެއްގެ ގޮތުގައި ހިނގުން އެއީ ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ދެން އަދި ހަމައެއާކޮށް އަޅުގަނޑު އުއްމީދު ކުރަނީ ހުވަދޫ އަތޮޅުގައިވެސް ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓެއް ހެދިގެން އިންވެސްޓަރުން އެ އަތޮޅުގައި ހުރި ރީތި ރީތި ރަށްތަކަށް އާދަޔާ ހިލާފު ޝައުގުވެރިކަމެއް ޖެހި އެރަށްތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

ހުވަދު އަތޮޅުގައި މިވަގުތު އޮތީ ތިން ޑޮމެސްޓިކް އެއާޕޯޓެވެ. އެއީ ކޫއްޑޫ އެއާޕޯޓާއި ކާޑެއްދޫ އެއާޕޯޓްގެ އިތުރުން މާވަރުލު އެއާޕޯޓެވެ.

ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ. އެގޮތުން ރައީސް ސޯލިހް ވަނީ ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓް އިންޓަނޭޝަނަލް ކުރާނެ ކަން ރިޔާސީ އިންތިހާބުގައި އިއުލާންކުރައްވާފައެވެ. ނަމަވެސް އަދި ރަސްމީކޮށް އެމަސައްކަތް ފެށިފައި ނެތް ނަމަވެސް އެއާޕޯޓް ހިންގުމާއި ދާދި ފަހުން ހަވާލުވި ކޯލިޝަން ޕާޓްނަރ ޤާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުނިން ވަނީ އެއާޕޯޓް އިންޓަނޭޝަލް ކުރުމުގެ ތަސައްވުރެއް އޮތްކަން ހާމަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ