logoEN
cocacola

ހުވަދު އަތޮޅުގައި ބާއްވާ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތް ކަމުގައިވާ "އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022"ގެ ސްޓްރީމިންގ ޕާޓްނަރ އަކަށް އިވެންޓް ކާސްޓް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ގޮސިޔާ

ގާފު މީޑިއާ ގްރޫޕުގެ އޮފީހުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ކަމާ ގުޅޭ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރ، އަދި ގާފު އޮންލައިންގެ ނިއުސް ހެޑް، މުޙައްމަދު މުޢައްވަޒު އެވެ. އިވެންޓްކާސްޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް އަޙްމަދު ވިފާޤް އެވެ.

މި އެއްބަސްވުމުގެ ދަށުން މުބާރާތުގެ ހުރިހާ މެޗުތަކެއް ލައިވް ކުރާނީ އިވެންޓްކާސްޓުންނެވެ. މެޗުތައް ލައިވް ކުރުމަށް ބޭނުންވާ އިންޓަނެޓް ފޯރުކޮށްދޭނީ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރ، ދިރާގުންނެވެ.

ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ.

މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުނަކީ ތިނަދޫ ޑަބްލިއުޑީސީއާއި ތިނަދޫ ކައުންސިލްގެ އިތުރުން، ގދ. އަތޮޅު ކައުންސިލް އަދި ޔޫތް މިނިސްޓްރީ އެވެ. މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން އަދި އަކުއަ ޕެރެޑައިސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. ތިނަދޫ ސްޓޭޑިއަމްގެ އިތުރުން މުބާރާތުގެ ދެވަނަ އެސޯސިއޭޓް ޕާޓްނަރ އަކީ ހުވަދޫ ސްވިމިންގ ކްލަބް އެވެ. ބެވަރޭޖް ޕާޓްނަރގެ ގޮތުގައި އެވިއަރ ހަމަޖައްސާފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ.

އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކުރިއަށްދާނީ ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންޑޯޒްމަންޓާއެކު ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ރޭގަނޑު 21:00 އިން ފެށިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ