
އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގެ އެސޯސިއޭޓް ޕާޓްނަރ އަކަށް ތިނަދޫ ސްޓޭޑިއަމް!
# ދިރާގު# ޕްރިންޓެކް# ތިނަދޫ ސްޓޭޑިއަމް# ގާފު ސްޕޯޓްސް# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް# ފެނަކަ ކޯޕަރޭޝަން# ގދ. ތިނަދޫ ކައުންސިލް# ބެޑްމިންޓަން އެސޯސިއޭޝަން# ގދ. ތިނަދޫ ޑަބްލިއުޑީސީ# އެވިއަރ# ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022# އަކުއަ ޕެރެޑައިސް# ހުވަދޫ ސްވިމިންގ ކްލަބް# ގދ. އަތޮޅު ކައުންސިލް# ގޯސިޔާGMG_0626
އަންނަ މަހުގެ 10 ވަނަ ދުވަހު ފަށާ އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ގެ އެސޯސިއޭޓް ޕާޓްނަރ އަކަށް ތިނަދޫ ސްޓޭޑިއަމް ހަމަޖައްސައިފިއެވެ.

ގާފު މީޑިއާގެ އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ކަމުގެ އެއްބަސްވުމުގައި ތިނަދޫ ސްޓޭޑިއަމްގެ ފަރާތުން ސޮއި ކުރެއްވީ، ޔޫތް މިނިސްޓްރީގެ, ޔޫތް އެކްޒެކެޓިވް, މުޙައްމަދު ވިފާޤް (ބަހޫ) އެވެ. ގާފު މީޑިއާގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓަރ، އަދި ގާފު އޮންލައިންގެ ޗީފް އެޑިޓަރ ފަތުހުالله ޔާމީން ސައީދު އެވެ.
ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތް ބާއްވަނީ މުޅި އަތޮޅަށް ހުޅުވާލައިގެންނެވެ.
ތިނަދޫ ސްޓޭޑިއަމާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، މުބާރާތް އިންތިޒާމުކުރުމަށް ބޭނުންވާ އެހީތެރިކަން އެ ސްޓޭޑިއަމްގެ ފަރާތުން ފޯރުކޮށްދޭނެ އެވެ.
މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުނަކީ ތިނަދޫ ޑަބްލިއުޑީސީއާއި ތިނަދޫ ކައުންސިލްގެ އިތުރުން، ގދ. އަތޮޅު ކައުންސިލް އެވެ. މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން އަދި އަކުއަ ޕެރެޑައިސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. ތިނަދޫ ސްޓޭޑިއަމްގެ އިތުރުން މުބާރާތުގެ ދެވަނަ އެސޯސިއޭޓް ޕާޓްނަރ އަކީ ހުވަދޫ ސްވިމިންގ ކްލަބް އެވެ. ބެވަރޭޖް ޕާޓްނަރގެ ގޮތުގައި އެވިއަރ ހަމަޖައްސާފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ.
އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކުރިއަށްދާނީ ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންޑޯޒްމަންޓާއެކު ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ރޭގަނޑު 21:00 އިން ފެށިގެންނެވެ.
ގުޅުންހުރި

ޕެޓީކޭޝްއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ފެނަކައިގެ ކުރީގެ 3 މުވައްޒަފަކަށް ދައުވާކުރަނީ

މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމަށް އެރަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި

ކުޅިވަރުގެ 28 މަޝްރޫޢުއެއް ކުރިއަށްގެންދަން ފެނަކައާއެކު ސޮއިކޮށްފި
