
އެޗްއެސްސީއާއި ގުޅިގެން ބޭއްވި ތިނަދޫ ޑަބްލިއުޑީސީ ކަސްރަތު ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
# ހުވަދޫ ސްވިމިންގ ކުލަބު# ތިނަދޫ އަންހެނުންގެ ކޮމެޓީ# ގދ.ތިނަދޫGMG_9499
ގދ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ހުވަދޫ ސްވިމިންގ ކްލަބްއާއި ގުޅިގެން ބޭއްވި "ހަށިހެޔޮ ދުޅަހެޔޮ ސިއްހަތަކަށް – ކަސްރަތުކުރަމާ" ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ހުކުރު ދުވަހު ރޭ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގައި ބޭއްވި މި ރަސްމިއްޔާތުގައި، އެ ޕްރޮގްރާމްގެ ބައިވެރިންނާއި ވަނަތައް ހާސިލްކުރެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައިވެއެވެ.
މި ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ބަރުދަން އެންމެ ބޮޑަށް ލުއި ކުރި 3 ފަރާތަކަށް އިނާމް ދީފައިވެއެވެ. އެގޮތުން މިބައިން ތިންވަނަ ހޯދީ އަޒްރާ ވަހީދު އެވެ. ދެވަނަ ހައްވާ ނިޝާނާ ހޯދި އިރު އެއްވަނަ ހޯދީ އުޝްވާ ހަސަން އެވެ.
އޭގެ އިތުރުން މި ޕްރޮގްރާމްގެ އެންމެ ހާޒިރީ ރަނގަޅު ބައިވެރިއަކަށް ތިނަދޫ ކައުންސިލް މެމްބަރު އަހުމީމާ އަހުމަދު ވަނީ އިނާމެއް ހުށަހަޅާފައެވެ.
45 ބައިވެރިންނާއެކު 2021ވަނަ އަހަރު ޑިސެމްބަރު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި، މިއަހަރުވެސް އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް ހުވަދޫ ސްވިމިންގ ކްލަބުން ބުނެއެވެ.
ގދ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން ބޭއްވި މި ކަސްރަތު ޕްރޮގްރާމަކީ، ހުވަދޫ ސްވިމިންގ ކްލަބާއި، ގދ ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ގުޅިގެން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމެކެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
