logoEN
ކޮކާކޯލާ
ސިޓީ: ވެދުން ސަލާމަށްފަހު، ތިނަދޫ ރައީސަށް!

ސިޓީ: ވެދުން ސަލާމަށްފަހު، ތިނަދޫ ރައީސަށް!

# ކޮލަމް# ގދ.ތިނަދޫ# ތިނަދޫ ރައީސް، ސައުދު އަލީ

d

އެޑިޓަރުގެ ނޯޓް: މިއީ "ގާފު އޮންލައިން" ގެ ކިޔުންތެރިއަކު މި ނޫހުގައި ޝާއިއުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ލިއުމެކެވެ.
އަބުޅޯ

ތިނަދޫ ކައުންސިލްގެ ރަޢީސް އަލްފާޟިލް ސަޢުދު އަލީ އަށް، ވެދުމާއި ސަލާމަށް ފަހު ދަންނަވަމެވެ.

ތިނަދޫ އިން ގޯތި ދޫ ކުރުމާއި ގުޅޭގޮތޮން، "ތިންކް ބިގަރ" ޕްރޮގްރާމްގެ ފައުންޑަރ އަދި ތިނަދޫގެ ވެރިޔާގެ "ކަޓު" ވިސްނުމާމެދު ހައިރާންވަމެވެ. ތިންކް ބިގަރ އިން ވިސްނަނީ ހަމަ އެކަނި ރަށުގެ ހޭޅިފަށުގައި ފިތުރޯނު ގަސް އިންދުމަށް ތޯއެވެ. ސަރުކާރުން ތިނާދޫގައި ހިއްކާފައި އޮތް ބިމުން 200 ގޯތި ރައްޔިތުންނަށް ދޫކުރަން އެންގުމުން އަމިއްލަ އެދުން އިސްކުރައްވައި، އަމއްލަ ޖީބަށް ބާރުބޮޑުވާނެ ހެން އެ ބިންތަކުގައި އަޅާނި "ރޯހައުސް އާއި ފްލެޓުތަކޭ" ބުނަން ކެރުނީތީ ހަމަ ހައިރާން ވަމެވެ. ގޯތި ދިނަސް އޮންނަނީ ފަޅަށް ބާއްވާފައޭ ބުނާ ބުނުން ކުށްވެރިކުރަމެވެ.

ސައުދު ހާދާން ނެތިއްޔާ ބުނެދެން ހެއްޔެވެ. ތިނަދޫ އިން އެންމެ ފަހުން ގޯތި ދޫ ކޮށްފައި ވަނީ މީގެ ބާރަ ވަރަކަށް އަހަރު ކުރިންނެވެ. އެ ގޯތި ތަކުގައި މިހާރު ގިނަ އާއިލާތައް ދަނީ ދިރިއުޅެމުން ކަން ހަމަ ޔަގީނުނަވެސް ސައުދު އަލީ އަށް އެނގޭނެއެވެ. ދެން އޮތް ކަމަކީ ކައިވެނި ކޮށް ތިން ހަތަރު ދަރިން ލިބުމުން ގޯތި ހަދަން ލާރި މަތިން އޮހެނީތޯ ކުރެވޭ ސުވާލެވެ. އެ ދަރިންގެ ޒަރޫރީ ބޭނުންތައް ފުއްދައި ސުކޫލު ކަންތައް ކޮށް ނިމޭ އިރު މަހުގެ މުސާރަ އޮންނަނީ ހުސް ވެފައެވެ. އެހެން ވިއްޔާ ލިބޭ ގޯތި ހަދަން ވަގުތު ވެސް ބޭނުން ވާނެ ނޫންހެއްޔެވެ. އަދި މޮޅުކަމަކީ ތިނަދޫގައި އަދި ބިމެއް އޮތް ކަމުގައި ވިޔަސް ވިހި ޕަސެންޓް ނުނިމެޔޭ ކިޔާފަ ބޭންކު ތަކުން ކުޑަ ލޯނު ގަޑެއްވެސް ދެނީ ނޫން ކަމެވެ. ނަމަވެސް މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް ޖެހިގެން އަންނަ ދުވަހުވެސް ބޮޑެތި ލޯނު ލިބިގެން ދާކަމެވެ. މިވެސް އަރަތެކެވެ. އެހެން ކަމުން ގޯތިތައް ފަޅަށް ހުރި ސަބަބުވެސް ކައުންސިލުން ހޯދަން ޖެހެ އެވެ. އެކަން އާންމުކުރަން ވެސް ޖެހެއެވެ. އެކަމާ ގުޅޭ ދިރާސާއެއް ކޮށް، ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން ޖެހެ އެވެ.

ގޯތީގެ ބަދަލުގައި އަޅާނީ ފްލެޓް އޭ ކިޔާ ބަސްދީ ގަތުން ދެމުން ތިނަދޫ ޒުވާނުންނަށް ބުނި ބަދު ބަސް ރައީސް ހަދާން ކޮށްލާށެވެ. ޔަގީނުންވެސް މިހާރު ތިނަދޫގައި ވަޒީފާ ނުލިބި ތިބި ޒުވާނުން މަދުވާނެއެވެ. އަދި އެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް އެފަދަ މަގެއް ހުޅުވާނުލާ ހުރެމެ އެފަދަ ބަހެއް ޒުވާނުންނަށް ރައްދު ކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެކެވެ. ރައީސް ލޯ ހުޅުވައި ބަލައިލި ކަމުގައި ވަނީ ނަމަ ތިނަދޫ ޒުވާނުން ތިނަދޫ އަށް ވައްދާ ޑޮލަރު ފެނިގެން ދާނެއެވެ. ގޯތި ދިނަސް އަދި ރޯ ހައުސް އާއި ފްލެޓް ދިނަސް ބޭނުން ބަޔަކަށް ޕާރޓީ ތަރުތީބުން ދީފައި އޭގެ ޒިންމާ ތިޔަ އަޅުވާލަނީ ނިކަމެތި ރައްޔިތުންގެ ބޮލުގައެވެ. އެކަން އެންމެ ފަހުން ދިން ގޯތިތަކުގެ ގުރުވަތުގެ ބޮޑު ހީރަސް ތަކުން ހާމަކޮށް ފެންނަން ހުއްޓެވެ.

ތިޔަ ބުނާ ރޯހައުސް އެއް އެޅިޔަސް ނޫނީ ފްލެޓް އެޅިޔަސް އޭގެއިން ތަނަކަށް ވަދެވޭ ވަރުވާނީ އެންމެ ލަސް ވެގެން ދެ އަހަރުންނެވެ. އެ ހަދަން ބިޑަށް ލައި، އަޅައި ނިމުމުން އެޕްލައި ކޮށް، އަމާ ބުނީތީ ފަރަށް ދާ މިސާލުން ޝޯޓު ލިސްޓު ކޮށް ހަދާނެ ހާ ހައެއްޗެއް ހަދައި ނިމެން ހަމަ ޔަގީނުން ވެސް ދުވަސް ބޭނުން ވާނެ އެވެ. އެންމެ ފަހުން ރަށުގައި އެޅި ފްލެޓުތަކަށް ވީ ގޮތްވެސް ރައްޔިތުން ދެކެފި އެވެ.

އެކަމަކު 200 ގޯތި ދޫ ކޮށްފި ނަމަ ޔަގީނުން ވެސް ފަންސާސް އިންސައްތަ މީހުން މިއަހަރު ނިމުމުގެ ކުރިން ގޯތިތަކަށް ބަދަލުވާނެއެވެ. އެއީ ފަނުން ޖިފުޓިގަޑެއް އަޅައިގެން ކަމުގައި ވީނަމަވެސް އެވެ. ބޯހިޔާވަހިކަމަށް އެދި އެ ރައްޔިތުން ތިބީ އެހާމެ އެކަމަށް "ފެންބޮވައިގެންފައި" އެވެ. ސަރުކާރުން އަޅާ 200 ފްލެޓް/ރޯހައުސް އެހެން ބިންތަކުގައި އެޅެން އެބައޮތެއް ނޫން ހެއްޔެވެ. ތިނަދޫ އިން ބިން ހުސްނުވެ އެވެ. އިތުރަށް ބިން ބޭނުންވާ ނަމަ އެއޮތީ ރަށުގެ އުތުރުފަރާތު ފަޅެވެ. ބޭނުން ވަރަކަށް އިތުރަށް ހިއްކަން ވީ އެވެ.

ތިޔަ ބިންތައް ދެން ދޭނެ ކަމަށް ބެލެވެނީ ތިނަދޫގެ ވިޔަފާރި ވެރިންނަށެވެ. އެމީހުން މިހާރު ވެސް ރައްޔިތުންނަށް ހައްގުވާ ފައިސާ ނުދައްކާ މިލިޔަން ރުފިޔާ އިން އެބަ ހުއްޓެވެ. އެ ފައިސާ ކައުންސިލަށް ހޯދޭނެ ގޮތެއް ހޮވައި ނިކަމެތި ރައްޔިތުންނަށް ގޯތި ނިންމުމަށްޓަކައި ލޯނު ނަގަން މަގުފަހިކުރުމަށް ގޯތީގެ %20 ނިންމަން ލޯނު ދޫކުރަން ވީނޫންތޯ އެވެ.

ރައްޔިތުންގެ މިންނެތް މަސައްކަތުން ހަތް މެންބަރުން ހޮވުމަށްފަހު ކައުންސިލަށް ވައްދާފަ ތިބީމާ އޭގެ މާނައަކީ ރައްޔިތުންގެ ހިޔާލު ނުހޯދައި ބޭނުން ގޮތަކަށް ނިންމުންތައް ނިންމުމެއް ނޫނެވެ. ރިޔާސީ އިންތިޚާބާ ކައިރިކޮށް ކުޅޭ ކުޅިގަނޑަކަށް ހަދަން ތިޔަ އުޅެނީ ރައްޔިތުންނާއި ޒުވާނުން ގެ ލޮލުގައި އަދުން އަޅުވާނަމޭ ހިތާ ހެއްޔެވެ. ތިނަދޫ އަށް ސިޓީ އެއްގެ ދަރަޖަ ހޯދައި ދޭން ތިޔަ އުޅޭވެނީ ރައްޔިތުން ބިކަ ކޮށްލާފައި އެމީހުންގެ ލެއިން ތޯ އެވެ. އެހެން ކަމަށް ވަނީ ނަމަ ސިޓީ އުރައެއް ޖީބަށް ލައިގެން އެއީ ތިނަދޫ ސިޓީ ކަމުގައި ބަލައިގެން "ތިނަދޫ ސިޓީ" މަތިން ހަދާން ވުމުން އެ ސިޓީ އުރަ ޖީބުން ނަގައި ބޮސްދޭން އޮންނާށެވެ.

ތިނަދޫ ރައްޔިތުން އެދެނީ ރަށުން ބޯހިޔާވަހިކަމަށް ދޫކުރުމަށް ހުއްދަ ލިބިފައިވާ 200 ގޯތި، ގޯތިތަކުގެ ގޮތުގައި ދޫކުރުމަށެވެ. ހައުސިން ޔުނިޓް/ފްލެޓު ތައް އެހެން މަޝްރޫއެއްގެ ދަށުން ކުރިއަށް ގެންދަވާށެވެ. އޭގައި މައްސަލައެއް ނެތެވެ. ނަމަވެސް ރައްޔިތުންނަށް ޙައްގުވާ ގޯތިތައް ދޫކުރާށެވެ. އެއީ ތިނަދޫ ރައްޔިތުންގެ ޙައްޤެކެވެ. ޙައްގުވާ މިންވަރުން ޒައްރެއްގެ މިންވަރުވެސް އުނިވިޔަ ނުދޭނަމެވެ.

ތިނަދޫ ރައްޔިތުންގެ ފަރާތުން، އިޙުތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ