logoEN
cocacola
ރައުހަތް ސްޕޯޓްސްއާއި ކާއްޑޭ ސްޕޯޓްސްއާ ދެމެދު ކުޅިވަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައުހަތް ސްޕޯޓްސްއާއި ކާއްޑޭ ސްޕޯޓްސްއާ ދެމެދު ކުޅިވަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

ގާފު އެޑިޓޯރިއަލް

logo

12/20/2020, 6:53:55 PM

# ކުޅިވަރު# ރައުހަތް ސްޕޯޓްސް

DD1075C8-15C9-4604-B981-DC6E649D6F0B

ހުވަދު އަތޮޅުގައި ފުޅާ ދާއިރާއެއްގައި އެތްލެޓިކްސް ދާއިރާއިން ދަރިވަރުން ތަމްރީން ކުރާ، ރައުހަތް ސްޕޯޓްސްއިން ކާއްޑޭ ސްޕޯޓްސްއާއެކު ކުޅިވަރު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ގޮސިޔާ

މިއަދު ހަވީރު ގދ. ހޯޑެއްދޫ މިނަ ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި ރައުހަތް ސްޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް ހުސައިން ރައުހަތުއާއި ޖަމިއްޔާގެ ނައިބް ރައީސް އަބްދުالله އަމީރު އެވެ. ކާއްޑޭ ސްޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް ހާތިމް އަހުމަދާއި ނައިބް ރައީސް އަހުމަދު މުބީން އެވެ.

އެ އެއްބަސްވުމަކީ ދެ ޖަމިއްޔާގެ މެދުގައި ކުޅިވަރުގެ ދާއިރާގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ދެ ޖަމިއްޔާއިންވެސް ކުޅިވަރު ކަންކަމުގައި އެއް ޖަމިއްޔާ އިން އަނެއް ޖަމިއްޔާއަށް ހުރިހާ ކަމެއްގައި އެއްބާރުލުން ދޭން ވަނީ ނިންމާފައެވެ.

ކާއްޑޭ ސްޕޯޓްސް އަކީ ހޯޑެއްދޫއަށް ނިސްބަތްވާ ކުޅިވަރު ޖަމިއްޔާއެކެވެ. ރައުހަތް ސްޕޯޓްސް އަކީ ގދ. ތިނަދޫއަށް ނިސްބަތްވާ ކުޅިވަރު ޖަމިއްޔާއެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ކްލަބުގެ މެމްބަރުންނާއި އިސް ފަރާތްތަކުން ބައިވެރިވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ