
އެޗްއެސްސީގެ އެހީތެރިކަމާއެކު ސްޓޭޑިއަމްގެ މުވައްޒަފުން ތިނަދޫ ފަތާ ޓްރެކްގެ ފައްތިޔާތައް މަރާމާތުކޮށްފި
# ތިނަދޫ ސްޓޭޑިއަމް# ހުވަދޫ ސްވިމިންގ ކުލަބު273032577_974169946854044_8873622136883150516_n
ގދ. ތިނަދޫގައި އަޅާފައިވާ ސްވިމިން ޓްރެކްގެ ފައްތިޔާތައް ކަނޑައިގެން ގޮސް، އެއްގަމަށް އަރާފައި ވަނިކޮށް، ތިނަދޫ ސްޓޭޑިއަމްގެ މުވައްޒަފުން އެ މައްސަލަ ހައްލުކޮށްދީފިއެވެ.

ކޮންމެ އަހަރަކުވެސް މި ދުވަސްވަރު ތިނަދޫގެ ފަޅުތެރެ ގަދަވެ، ފަޅުގައި އަޅާފައި ހުންނަ އުޅަނދުފަހަރަށް އެކިވަރުގެ ގެއްލުން ވެއެވެ. އަދި ސްވިމިންގ ޓްރެކްގެ ފައްތިޔާތައް ކަނޑައިގެން ދިއުމަކީވެސް މީގެ ކުރިންވެސް ދިމާވާ މައްސަލައެކެވެ. އެއް ފަހަރު ސްވިމިން ޓްރެކް ބެހިގެން ދަނިކޮށް އަނބުރާ ގެނެސްފައިވެސް ވެއެވެ.
އާއްމުކޮށްވެސް ސްވިމިން ޓްރެކަށް ދިމާވާ އެފަދަ މައްސަލަތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ސްޓޭޑިއަމް މުވައްޒަފުންނާއި ހުވަދޫ ސްވިމިން ކްލަބުގެ މެމްބަރުންނެވެ. އެފަދަ ކަންކަމުގައި ތިނަދޫ ސްޓޭޑިއަމުން އިސްނަގައިގެން ކުރައްވަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް، ހުވަދޫ ސްވިމިން ކްލަބުގެ ރައީސް، އަޙްމަދު ޖަމްޝީދު ވަނީ ޝުކުރު ދަންނަވާފައެވެ.
ތިނަދޫ ސްޓޭޑިއަމުންވެސް ވަނީ ހުވަދޫ ސްވިމިން ކްލަބުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެ ޖަމިއްޔާއަށް ޝުކުރު ދަންނަވާފައެވެ.
ގުޅުންހުރި

ތިނަދޫގައި މިމަހު ބާއްވާ 13 ވަނަ މަކިޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕަށް އޮފިޝަލުން ހޯދަނީ

ތިނަދޫ ގެ 3 ސްކޫލަކުން އައްޑޫ ޒޯން ފެތުމުގެ މުބާރާތައް

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ އެސޯޝިއޭޓް ޕާޓްނަރ އަކަށް ތިނަދޫ ސްޓޭޑިއަމް!
