
ހަވަރު ޔޫތް ކަޕް 2020 - ތިނަދޫގެ މަޖިލިސް މެމްބަރުންގެ ފަރާތުން ޓީމްތަކަށް ބޯޅަ ހަދިޔާކޮށްފި
# ކުޅިވަރު# ތިނަދޫ ސްޓޭޑިއަމް# ހަވަރު ޔޫތް ކަޕް 20206CED2941-ACDE-49E1-A57F-C0AFBE98E27F
މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ތިނަދޫގައި ބާއްވާ ހަވަރު ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގައި ތިނަދޫން ބައިވެރިވެފައިވާ ޓީމްތަކަށް އެރަށް ތަމްސީލް ކުރާ މަޖިލިސް ދެ މެމްބަރުން ބޯޅަ ހަދިޔާ ކުރައްވައިފި އެވެ.

އިއްޔެ ހަވީރު ތިނަދޫ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ތިނަދޫން ބައިވެރިވި ފަސް ޓީމަށް ބޯޅް ހަދިޔާކޮށްފައިވެއެވެ. ބޯޅަ ހަދިޔާ ކުރެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުالله ސަނީފާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣްނީ އެވެ.
މިހާތަނަށް ޖުމްލަ 8 ޓީމަކުން އެ މުބާރާތުގައި ބައިވެރިވެފައިވާއިރު މިރޭގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 25 އިން ފެށިގެން 9 ޖެނިއަރީ 2021 އާ ހަމައަށް ތިނަދޫ ރަސްމޯ ބޯޅަ ދަނޑުގައެވެ.
މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަ ޖައްސާފައެވެ.
މުބާރާތުގައި ބައިވެރިވި ޓީމްތަށް :
ފީނިކްސް އެފްސީ - ގދ. ގައްދު
ހޯނޑެއްދޫ އެެފްސީ - ގދ. ހޯނޑެއްދޫ
މަޑަވެލި އެފްސީ - ގދ. މަޑަވެލި
އެފްސީ ނޯޗޮއިސް - ގދ. ތިނަދޫ
ކާޑެއްދޫ އެެފްސީ - ގދ. ކާޑެއްދޫ
އާރްއެފްސީ - ގދ. ތިނަދޫ
ޑީއެފްސީ - ގދ. ތިނަދޫ
އެފްސީ ނޮދާން ސްޓާރ - ގދ. ތިނަދޫ
ހަވަރު ޔޫތް ކަޕް 2020 ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ "ގާފު" އޮންލައިން އެެވެ. ގާފު އޮންލައިންއިން މުބާރާތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.