logoEN
ކޮކާކޯލާ
އަބަދު ބަނޑުހައިވެފަ ކާހިތް ވަނީތަ؟

އަބަދު ބަނޑުހައިވެފަ ކާހިތް ވަނީތަ؟

އަޙްމަދު ޖަމީލު

logo

12/18/2020, 4:11:18 PM

# ސިއްޙަތު

Woman-stress-doughnut-iStock-516714616

މިއީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. ގަޑިން ގަޑިއަށް ކެއުމަށް އާދަ ހަރުލާފަ ވިއަސް އަބަދު ބަޑުހައިވެ ކާހިތްވެފައި ހުރެދާނެ އެވެ. ހާއްސަކޮށް ބަނޑު ފުރެންދެން ނުކެއެމުން ނުވަތަ ތައްޔާރީ ކާނާއަށް ދެވި ހިފާފަ ހުރުމުންވެސް މިހެން ދިމާވެއެވެ.

އަބުޅޯ

އާންމު ދިރިއުޅުމުގެ މަސައްކަތުގައި ބުރަވެ ހާސްވާގޮތް ދިމާވުމުން ގިނަ ބަޔަކު ހާސްކަން ފިލުވާލުމަށް ގިނައިން ކެވޭގޮތް ވެއެވެ. އެގޮތުން މާބޮޑަށް ރުޅިއައުމުން ނުވަތަ ދެރަވުމުންވެސް ގިނައިން ކެވޭގޮތް ވެއެވެ. ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ވަރުބަލިކަން ނުވަތަ ހާސްކަން ފިލުވާލުމަށް ކޮންމެވެސް އެއްޗެއް ކާލަން ޖެހެއެވެ. ނަމަވެސް މިއީ އަދި އެންމެ ރަނގަޅު ގޮތެއްނޫނެވެ. “ސްޓްރެސް ހޯމޯންސް” ހަމައަކަށް އެޅުމަށް ބޭނުންވާނީ ގިނައިން ކެއުމެއް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެވެސް ކުޅިވަރެއް ކުޅެވިދާނެ އެވެ.

ގިނަ އިރު ހޭލާ އުޅެ ނިދި މަދުވުމުންވެސް އަބަދު ބަނޑުހައިވާ ގޮތް ދިމާވެއެވެ. މިހެންދިމާވަނީ ނިދި ހަމަނުވުމުގެ ސަބަބުން ހޯމޯންސްއަށް އަންނަ ބަދަލުގެ ސަބަބުނެވެ. އަދި ނިދި ހަމަނުވަނީސް ހޭލެވުމުން މީހާ ލޮނޑުވެ ވަރުބަލީވާގޮތް ވުމުން ބަނޑުހައި ކަން އިހްސާސްކުރެވޭނެ އެވެ. އެހެން ކަމުން ހީކުރެވިފައި އޮންނަނީ ގިނައިން ކެއުމުން ހަށިގަނޑުގައި ވަރުޖެހޭނެ ކަމަށެވެ. ނަމަވެސް ހޭލާގޮތަށް މާ ގިނައިން ކެއުމުން އިތުރަށް ވަރުބަލިވެ ކަންނެތްވާ ގޮތް ވެއެވެ. އެހެންކަމުން މަދުވެގެން 7 ނުވަތަ 8 ގަޑިއިރު ނިދަން އާދަކުރާށެވެ. އަދީ ހޭލާ ގޮތަށް އެއްޗެއް ކެއުމުގެ ބަދަލުގައި ކޮފީ އެއް ނުވަތަ ޖޫސްތައްޓެއް ބޯލާށެވެ.

މިހާރަކަށް އައިސް މަސައްކަތުގެ މާހައުލުގައި އާއި ގޭތެރޭގައިވެސް ތައްޔާރީ ކާނާ ބޭނުން ކުރުވޭ ގޮތް ގިނައެވެ. ނަމަވެސް ގިނަ ތައްޔާރީ ކާނާއަކީ އޭގައި ގިނަ އަދަދަކަށް ތެޔޮ ހިމެނޭ އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ތެޔޮ ގިނަ އެއްޗެހި ބޭނުން ކުރުމުން އަވަހަށް ބަނޑުލައި ފަލަވާގޮތް ދިމާވެއެވެ. އެހެންކަމުން ކެއުމުގެ ދެގަޑި ދޭތެރޭގައި ބަނޑުހައި ވެއްޖެނެނަމަ މޭވާއެއް ނުވަތަ ތަރުކާރީ ކާށެވެ. ނުވަތަ ކޮންމެވެސް ވައްތަރެއްގެ ނަޓްސް އެއްވެސް ބޭނުން ކުރެވިދާނެ އެވެ.

ގިނައިން ފެންބުމަކީ ވެސް އަވަސް އަވަހަށް ބަނޑުހައިވުމުން ދުރުކޮށްދޭ ކަމެކެވެ. އަދި އަހަރެމެންގެ ހަށިގަނޑަށް ގިނަ އަދަދަކަށް ފެން ބޭނުންވާއިރު މިއީ ސިއްހީގޮތުންވެސް ފައިދާ ހުރިކަމެކެވެ. ހާއްސަކޮށް ނިދައި ހޭލުމަށްފަހު ގިނައިން ފެންބުއިމަށް އާދަކުރާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ