
ސްކްރިލް ހިމެނޭހެން ބޭރުގެ އިތުރު ޑިޖިޓަލް ވޮލެެޓްތަކެއް ބީއެމްއެލްއިން ބްލޮކް ކޮށްފި
# ބެންކް އޮޮފް މޯލްޑިވްސްDSC_3953
ޑޮލަރު ލިބެން ހުރި މިންވަރު ދަށްވެފައިވާ ހާލަތެއްގައި ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ބޭރުވުން ހިފެހެއްޓުމަށް ކަމަށް ބުނެ ބެންކް އޮފް މޯލްޑިވްސް އިން އިތުރު ޑިޖިޓަލް ވޮލެޓްތަކެއް ބްލޮޮކް ކޮށްފި އެވެ.

ރާއްޖޭން ބޭރުގެ އޮންލައިން ޓްރާންސްފަރ ޕްލެޓްފޯމްތަކާއި ސްކްރިލް އަދި ޓްރާންސްފަރވައިސް ހިމެނޭހެން ޑިޖިޓަލް ވޮލެޓްތަކުގައި ބީއެމްއެލް ކާޑު ބޭނުންކޮށްގެން އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި މި ފިޔަވަޅަކި ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ބޭރުވުން ހިފެހެއްޓުމަށާއި އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމުގެ ގޮތުން ނެގި ފިޔަވަޅެއްކަމަށް ވެސް ވަނީ މި ބަޔާނުގައި ބުނެފައެވެ.
ބީއެމްއެލް އިން ބުނީ އެ ނިންމުމާ ބެހޭ މައުލޫމާތު އެމްއެމްއޭ އާއި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށާއި މި ފިޔަވަޅު އެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބޭރު ފައިސާގެ އައުޓްފްލޯ ކޮންޓްރޯލްކޮށް، ކޮންމެހެން ރާއްޖެއަށް އެތެރެކުރަން ޖެހޭ މުދާ ގެނައުމަށްޓަކައި ބޭނުންވާ ވަރަށް ޑޮލަރު ބެހެއްޓުމެވެ.
މިގޮތަށް ޑިޖިޓަލް ވޮލެޓްތައް ބްލޮކްކުރި ނަމަވެސް ބްލޮކްކުރާ ޑިޖިޓަލް ވޮލެޓުތަކުން އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ބީއެމްއެލްގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ހަމައެއާއި އެކު ކަސްޓަމަރުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭން ބޭރުން ގެނެވޭ ފައިސާގެ ތެރެއިން 500 ޑޮލަރަށް ވުރެ މަދު އަދަދުތަކުން އެއްވެސް ފީއެއް ނުނެގުމަށް ވެސް ވަނީ ނިންމާފައެވެ.
ބީއެމްއެލްއުން ވަނީ ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް ބޭންކުން މޮނިޓަރކުރަމުންދާނެ ކަމަށާއި ބޭންކަށް ފެނިއްޖެ ހާލަތެއްގައި މިފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
މީގެ ކުރިން ބީއެމްއެލްއިން ވަނީ ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުންކުރާ ބައެއް ސައިޓްތަކާއި، އޮންލައިން ޓްރޭޑިން ސައިޓްތަކެއް ވެސް ބްލޮކްކޮށްފަ އެވެ.
ގުޅުންހުރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުންގެ އެހީގައި 50 މަޝްރޫއު ހިންގައިފި

ހުޅުމާލޭގައި ސިޓީ ބައިކް ޕްރޮޖެކްޓް ހިންގުމަށް ބީއެމްއެލް އިން އެޗް.ޑީ.ސީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގެމަނަފުށީގައި ބީޓެކް ހޮސްޕިޓާލިޓީ ކްލާސްރޫމެއް
