logoEN
cocacola
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ގދ އަތޮޅުގެ ދެރަށަކަށް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ގދ އަތޮޅުގެ ދެރަށަކަށް

އަޙްމަދު ޖަމީލު

logo

12/14/2020, 2:32:44 PM

# ބޭންކް އޮފް މޯލްޑިވްސް

Corp-Feature-Photo-45-926x521

ގައުމީ ބެންކުގެ "އަހަރެންގެ ބެންކް ކޮމިނިއުޓީ ފަންޑު"ގެ ދަށުން މިއަހަރު އެހީދޭނެ އެންމެ ފަހު 10 ޕްރޮޖެކްޓް ހޮވިއިރު ގދ ގެ ދެރަށެއްގެ ޕްރޮޕޯސަލް ހޮވިއްޖެއެވެ.

ގޮސިޔާ

އެގޮތުން ގދ. އަތޮޅުން ހޮވިފައިވަނީ ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުމުގެ ޕްރޮޕޯސަލް އަކާއި ގދ. ހޯޑެއްދޫގައި ނޭޗަރ ޕާކް ތަރައްގީ ކުރުމުގެ ޕްރޮޕޯސަލް އެކެވެ.

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބެންކް އޮފް މޯލްޑިވްސް ހިންގާ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު"ގެ ދަށުން އެހީ ދެމުން ގެންދަނީ އެކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަށް ބެލުމަށްފަހުއެވެ. މިއި މިއަހަރު އެހީދޭނެ އެންމެ ފަހު 10 ޕްރޮޖެކްޓެވެ.

އަލަށް ހޮވި 10 ޕްރޮޖެކްޓަކީ 2020 ވަނަ އަހަރުގެ ފަހު ފިޔަވަހީގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލް ކަމަށް ބީއެމްއެލުން ބުނެއެވެ.

އަލަށް ހޮވުނު ދިހަ ޕްރޮޖެކްޓަކީ:

1. ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން.

2. ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން.

3. ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން.

4. ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން.

5. ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން.

6. އއ. ބޮޑުފުޅަދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން.

7. އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ގާއިމް ކުރުން.

8. ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން.

9. ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުން.

10. ގދ. ހޯޑެއްދޫގައި ނޭޗަރ ޕާކް ތަރައްގީ ކުރުން.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ލިބެމުންދާ ތަރުހީބާ ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސައީދު ވިދާޅުވީ މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު ގިނަ ޕްރޮޕޯސަލްތަކެއް ލިބިގެންދިޔަ ކަމަށެވެ.

މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ