logoEN
cocacola
އިންތިހާބު ބޭއްވުމަށް ތައްޔާރުވުމުގެ ހުއްދަ މިހަފްތާ ތެރޭގައި ލިބޭނެ : އީސީ

އިންތިހާބު ބޭއްވުމަށް ތައްޔާރުވުމުގެ ހުއްދަ މިހަފްތާ ތެރޭގައި ލިބޭނެ : އީސީ

އަޙްމަދު ޖަމީލު

logo

12/13/2020, 5:55:09 PM

# ލޯކަލް ކައުންސިލް އިންތިޚާބު# އިލެކްޝަންސް ކޮމިޝަން

EC Shareef

އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހަފްތާ ތެރޭގައި ލިބޭނެ ކަމަށް އިންތިހާބުތަކާބެހޭ މަރުކަޒު އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ގޮސިޔާ

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި އީސީގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެފައިވަނީ، ޤާނޫނުގައި ބުނާ ތާރީޚުގެ ކުރިން އެކޮމިޝަނުން ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން 60 ދުވަހުގެ ކުރިން ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި، 28 ދުވަސް ކުރިން ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުޞަތު ދިނުންފަދަ ކަންކަން ހިމެނޭކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، އެކަންކަމަށް ރިޢާޔަތްކޮށް މިހިނގާ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާއި ޖެނުއަރީ މަހުގެ 5 ވަނަ ދުވަހާ ދެމެދުގެ މުއްދަތެއްގައި އިންތިޚާބު ބާއްވަން ކުރަންޖެހޭ މަސައްކަތްކުރުމުގެ ހުއްދަ އެޗްޕީއޭއިން ދިނުމުން މެނުވީ ކަނޑައެޅިފައިވާ ތާރީޚަށް އިންތިޚާބު ނުބޭއްވޭނެކަމަށެވެ.

މީގެ އިތުރުން އީސީ ޝަރީފް ވިދާޅުވީ ވަކި ތާރީޚެއްގެ ކުރިން އިންތިޚާބު ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުއްދަ ނުދޭނަމަ މަސައްކަތް ނުފެށޭނެ ކަމަށާއި، އެކަމާ ގުޅިގެން އެޗްޕީއޭއާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މިހަފްތާގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމުގެ ހުއްދަ ލިބޭނެކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވާފައިވާކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ.

ކައުންސިލް އިންތިޚާބު ބާއްވަން ކުރިން ތަޢާވަލުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑް-19އަާއި ގުޅިގެން އިއުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މިހާރު އިންތިޚާބު ބޭއްވޭނެކަމަށް އީސީން ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ މާރޗް މހުގެ 6 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ