
177056_59f9c376-6_
ނައިބު ރައީސް ފައިސަލް ނަސީމް، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު ހެނދުނު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާ ނައިބު ރައީސް ފައިސަލް ބައްދަލު ކުރައްވުމުގެ އިތުރުން ހުޅުދޫއަށް ވަޑައިގެން އެރަށުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއި އެކު ގާއިމުކުރާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އަޅުއްވައި ދޭގޮތަށް ވަނީ ހަމަ ޖެހިފައެވެ.
އެމަނިކުފާނު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގައި މަގު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިޔަށްދާގޮތާއި ވެމްކޯ ވޭސްޓް ކަލެކްޝަން ސެންޓަރުގެ މަސައްކަތް ވެސް ކުރިއަށް ދާގޮތް ބެއްލެވުމަށް ހަމަޖެހިފައިވެއެވެ. އަދި ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ، އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ނައިބު ރައީސް ފައިސަލް ނަސީމްގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިރޭ މެންދަމުގެ ވަގުތެއްގައެވެ.
ގުޅުންހުރި

ސަރުކާރުގެ މުޅި ތަޢުލީމީ ސިޔާސަތު އަމާޒުހިފާފައި ވަނީ 21 ވަނަ ޤަރުނަށް ދަރިވަރުން ތައްޔާރުކުރުމަށް - ނައިބު ރައީސް

ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް ކުރިޔަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި

އިޤުތިޞާދު ބިނާވެފައި އޮތީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މައްޗަށް - ނައިބު ރައީސް
