logoEN
cocacola
ތިނަދޫ ސްޓޭޑިއަމް އިން ތިނަދޫގެ ހުރިހާ ފުޓްބޯޅަ ކުޅުންތެރިންނާ ބައްދަލުކޮށްފި

ތިނަދޫ ސްޓޭޑިއަމް އިން ތިނަދޫގެ ހުރިހާ ފުޓްބޯޅަ ކުޅުންތެރިންނާ ބައްދަލުކޮށްފި

Admin

logo

12/8/2020, 3:20:05 PM

# ކުޅިވަރު# ތިނަދޫ ސްޓޭޑިއަމް

2C2B1188-BA1B-4BAF-8B92-F9F98425473E

ގދ. ތިނަދޫގައި ހުންނަ ތިނަދޫ ސްޓޭޑިއަމް އިން އިސްނަގައިގެން އެރަށުގެ ހުރިހާ ފުޓްބޯޅަ ކުޅުންތެރިންނާ އެއްތާކުން ބައްދަލުކޮށްފިއެވެ.

ގޮސިޔާ

ތިނަދޫ ސްޓޭޑިއަމް އިން ފުޓްބޯޅަ ކުޅުންތެރިންނާ ބައްދަލު ކުރީ އެރަށުގައި ހުންނަ ވޯޓަރ ޑެކް ރެސްޓޯރެންޓުގައި، ކޮފީ މޭޒަކުންނެވެ. އެ ބައްދަލުވުމުގައި ތިނަދޫއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ތިނަދޫ ސްޓޭޑިއަމްގެ އޮފިޝަލް އިބްރާހިމް ޝަފްރާދު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަކީ ބޮޑު ފުޓްބޯޅައިގެ މުބާރާތެއް ބޭއްވުމަށްޓަކައި ކުޅުންތެރިންނާ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އަދި އެ މުބާރާތަކީ މުޅި ހުވަދޫއަށް ހުޅުވައިގެން ބާއްވަން ނިންމާފައިވާ މުބާރާތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 25 ގައި ބާއްވަން ނިންމާފައިވާ އެ މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 10 ގައި ހުޅުވާލަން ވަނީ ނިންމާފައެވެ. އެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ހަވަރު ސްޕޯޓްސްއެވެ.

ޝަފްރާދު ވިދާޅުވި ގޮތުގައި އެ މުބާރާތުގައި ބައިވެރިވާ ތިނަދޫގެ ކޮންމެ ޓީމަކަށް ތިނަދޫ ސްޓޭޑިއަމްގެ ފަރާތުން ޖަރޒީ ސެޓަކާއި ދެ ބޯޅަ ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރަތަކީ ޒަމާންތަކަކަށްފަހު ތިނަދޫގައި ބޭއްވިގެންދާ ބޮޑު ފުޓުބޯޅައިގެ މުބާރާތެކެވެ. އެންމެ ފަހުން މިފަދަ މުބާރާތެއް ތިނަދޫގައި ބާއްވާފައިވަނީ 2014 ގައެވެ. އެއީ ތިނަދޫ ޗެލެންޖް ކަޕްގެ ނަމުގައި ހުވަދޫ ރިކްރިއޭޝަން ކްލަބުގެ ފަރާތުން ބޭއްވި މުބާރާތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ