
EIwpBGzUUAE7_tU
ގއ. ދާންދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ބްރާންޗަށް ލޭބަރުން ހޯދަން އިއުލާންކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ދާންދޫ ބްރާންޗަށް ލޭބަރުންނާއި ނޮން ސްކިލްޑް ލޭބަރުން ހޯދަން ބޭނުންވާ ކަމަށެވެ. އެގޮތުން އެ ބްރާންޗުގައި ސްކިލްޑް ލޭބަރުންގެ ނުވަ މުވައްޒަފަކާއި ނޮން ސްކިލްޑް ހަ މުވައްޒަފަކު ހޯދަން އިއުލާންކޮށްފައިވެއެވެ.
ސްކިލްޑް ލޭބަރުންގެ ޝަރުތު:
މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ސިއްހަތު ރަނގަޅު ބުރަ މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.
ބައެއް ހާލަތްތަކުގައި ރޭގަނޑުގެ ވަގުތުތަކުގައާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.
ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
ނޮން ސްކިލްޑް ލޭބަރުންގެ ޝަރުތު:
ސިއްޚަތު ސަލާމަތުން ހުރުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅުން.
އެކުންފުނިން ބުނީ އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު 28 އޮކްޓޯބަރު 2021 ގެ 15:00 އާ ހަމައަށް ހުޅުވާލާ ކަމަށެވެ. އަދި އެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގއ.ދާންދޫ ބްރާންޗުން ރަސްމީ ދުވަސްތަކުގެ 08:00 – 15:00 އަށް ލިބެންހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖެއްސެވުމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
ގުޅުންހުރި

ދާންދޫގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި

ޕެޓީކޭޝްއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ފެނަކައިގެ ކުރީގެ 3 މުވައްޒަފަކަށް ދައުވާކުރަނީ

މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމަށް އެރަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި
