
aeh-addu-equatorial-hospital-1024x768-ojgl902mpqqv567ty7g6ozeodccq4jek8u236m1xsy
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެ އެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ހިތަދޫއަށް ނިސްބަތްވާ ޒުވާނެކެވެ. މި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި އެ ސަރަހައްދުގައި ހުރި ފާރެއްގައި ޖެހިގެންނެވެ. މި ހާދިސާ ހިނގިއިރު އެ ސައިކަލު ދުއްވަން އިނީ އެ ޒުވާނާ އެކަންޏެވެ.
މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ކަމަށް މައުލޫމާތު ލިބެއެވެ.